ޙަބަރުރ.އަތޮޅު

ޕެޓްރޯލް އަގުހެޔޮ ކޮށްފި

އުނގޫފާރު ރައްޔިތުންގެ ވިޔަފާރި

އުނގޫފާރު ރައްޔިތުންގެ ވިޔަފާރިން ވިއްކަމުން އައި ޕެޓްރޯލްގެ އަގު ހެޔޮކޮށްފިއެވެ. ކުރިން 12.5 ރުފިޔާއަށް ވިއްކަމުން އައި ޕެޓްރޯލް ލިޓަރެއް މިއަދުން ފެށިގެން  ވިއްކާނީ 12 ރުފިޔާއަށެވެ. މިއީ ފަންސާސް ލާރީގެ ހެޔޮވުމެކެވެ.

އުނގޫފާރު ޑޮޓް ކޮމް އަށް މައުލޫމާތު ދެއްވަމުން އުނގޫފާރު ރައްޔިތުންގެ ވިޔަފާރީގެ މެނޭޖަރ އަލްފާޟިލް އިބްރާހިމްޒަޔާން ވިދާޅުވީ މިއަގަށް ޕެޓްރޯލް ވިއްކަމުން ގެންދާނީ މިހާރުހުރި ޕެޓްރޯލްގެ ސްޓޮކް ހުސްވަންދެން ކަމަށެވެ.

އުނގޫފާރު ރައްޔިތުންގެ ވިޔަފާރިން ވިއްކާ މުދަލުގެ ތެރޭގައި ލަކުޑީގެ ބާވަތްތަކާއި ( ހާޑްވުޑް، ރެޑްމެރެންޓީ، ޕައިންވުޑް، އެކި ސައިޒުގެ ފްލައިވުޑް، އެކިވައްތަރުގެ ފަރުނީޗަރު ބޯޑާއި ޓީކް ގެ އިތުރުން ފެންސީ އާއި) ޖިގްސަމްބޯޑާއި އެކިސައިޒުގެ ދަގަނޑު ހިލަ ހިލަވެލި ސިމެންތި އާއި އައުޓުބޯޑް ސްޕެއަރ އާއި ތެޔޮ ހިމެނެއެވެ.

އުނގޫފާރު ރައްޔިތުންގެ ވިޔަފާރިއަކީ  އުނގޫފާރު ރައްޔިތުންގެ އިތުރުން ރ އަތޮޅުގެ ގިނަބަޔަކުގެ މެދުގައި ބޮޑު މަޤުބޫލުކަމެއް ހޯދާފައިވާ އަދި ގިނަބަޔަކު ވިޔަފާރި ކުރަމުން އަންނަ ފިހާރައެކެވެ. މިވިޔަފާރިއަކީ 2003 ވަނަ އަހަރުން ފެށިގެން އުނގޫފާރު އޮފީހުން/ކައުންސިލުން ކުރަމުން އަންނަ ވިޔަފާރިއެކެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރއވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

Leave a Reply

Be the First to Comment!


 
Close