ޙަބަރުވިޔަފާރި

ބިލް ނުދައްކައިގެން 40 ތަނުން ކަރަންޓް ކަނޑާލައިފި

އުނގޫފާރު ކައުންސިލް

އުނގޫފާރު ކައުންސިލުން ހިންގަމުން ގެންދާ އުނގޫފާރު ރައްޔިތުންގެ އިންޖީނުގެއިން ހޯދާފައިވާ ކަރަންޓްގެ ހިދުމަތަށް ކޮށްފައިވާ ބިލްތަކަށް ފައިސާ ނުދައްކާ 40 ތަނަކުން މިއަދު ކަރަންޓް ކަނޑާލައިފިއެވެ. ބިލް ނުދައްކާ ތަންތަނުން ކަރަންޓް ކަނޑާލުމުގެ މަސައްކަތް އިންޖިނުގޭގެ މުވައްޒަފުން މިއަދު ހެނދުނު ވަނީ ފަށާފައެވެ. ކަރަންޓް ކަނޑާލާފައިވަނީ ބިލް ނުދައްކާ ތަންތަނުގެ ވެރިފަރާތަށް ގުޅައި އެކަން އެންގުމަށްފަހު ކަމަށް މައުލޫމާތުލިބެއެވެ.

ކައުންސިލުން މިކަން ވަނީ ދުރާލާ ހުރިހައި ފަރާތްތަކަށް އަންގާފައެވެ. މިކަން އަންގާފައިވަނީ މީގެ ދެހަފްތާ ކުރިން އާންމުކޮށް އެންގި އެންގުމެއްގެ ގޮތުގައި ރަށުތެރޭގައި އަޑުގަދަ ކުރާއިން އިއުލާނުކޮށްގެންނެވެ. ކައުންސިލުން އަންގާފައިވާ ގޮތުން 28 ފެބްރުއަރީ 2018 ގެ ނިޔަލަށް ނުދައްކާހުރި ކަރަންޓް ބިލްތަކަށް ފައިސާދައްކާ ނުނިންމާ ތަންތަނުން ކަރަންޓް ކަނޑާލެވޭނެ ކަމަށެވެ.

އުނގޫފާރު ޑޮޓް ކޮމް އަށް މައުލޫމާތު ލިބިފައިވާ ގޮތުން ކަރަންޓްބިލް ނުދައްކާ ބައެއް ތަންތަނުގައި ފަސްމަހުގެ ކަރަންޓް ބިލްތައްވެސް ނުދައްކާ އެބަހުއްޓެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

Leave a Reply

1 Comment on "ބިލް ނުދައްކައިގެން 40 ތަނުން ކަރަންޓް ކަނޑާލައިފި"


Guest
Hassan ali
9 months 8 days ago

Thiyaee varah salhi kameh konme bayaku kuri kameh viyas. Mi rashun ves thiyahen bill nudhakkaaa huri than thanun current kandaaalaaany kon dhuvahun baaa. Raa.innamaadhoo

 
Close