ޙަބަރުވިޔަފާރި

ބިލް ނުދައްކައިގެން ކަރަންޓް ކަނޑާލި 38 ތަނަކުން ބިލްތައް ދައްކައިފި

އުނގޫފާރު ކައުންސިލު

އުނގޫފާރު ކައުންސިލުން ހިންގަމުން ގެންދާ އުނގޫފާރު ރައްޔިތުންގެ އިންޖީނުގެއިން ހޯދާފައިވާ ކަރަންޓްގެ ހިދުމަތަށް ކޮށްފައިވާ ބިލްތަކަށް ފައިސާ ނުދައްކައިގެން މިއަދު ކަރަންޓް ކަނޑާލި ތަންތަނުން ބިލްތައް ދައްކަމުން ދާންފަށައިފިއެވެ.

އުނގޫފާރު ޑޮޓްކޮމް އަށް މައުލޫމާތު ލިބިފައިވާ ގޮތުން މިއަދުގެ އިރު އޮއްސުމާ ހަމަޔަށް ކަރަންޓް ކަނޑާލި 38 ތަނަކުން ވަނީ ކަރަންޓް ބިލްތަކަށް ފައިސާ ދައްކާ ނިންމާފައެވެ. ބިލް ދެއްކުމަށް ގިނަބަޔަކު އަންނާތީ މިއަދުގެ މެންދުރުފަހު ދޭއްގެ ފަހުންވެސް އިންޖީނުގޭގެ އޮފީސް ހުޅުވައި ބިލްތަކަށް ފައިސާ ބަލައިގަތުން ވަނީ ކުރިއަށް ގެންގޮސްފައެވެ.

ބިލް ނުދައްކާ ތަންތަނުން ކަރަންޓް ކަނޑާލުމުގެ މަސައްކަތް އިންޖިނުގޭގެ މުވައްޒަފުން މިއަދު ހެނދުނު ވަނީ ފަށާފައެވެ. ކަރަންޓް ކަނޑާލާފައިވަނީ ބިލް ނުދައްކާ ތަންތަނުގެ ވެރިފަރާތަށް ގުޅައި އެކަން އެންގުމަށްފަހު ކަމަށް މައުލޫމާތުލިބެއެވެ.

އުނގޫފާރު ޑޮޓްކޮމް އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ބިލް ނުދައްކައި ކަރަންޓް ކަނޑާލި ތަންތަނުގެ ތެރެއިން މިހާތަނަށް ބިލްނުދައްކާ ދެތަނުގެ ތެރޭގައިވާ މީހުން ދިރިއުޅޭ ގެއަށް މިއަދު އިރު އޮށްސުމުން މިރެއަށްވަނީ ވަގުތީ ގޮތުން ކަރަންޓް ދީފައެވެ.

ކައުންސިލުން މިކަން ވަނީ ދުރާލާ ހުރިހައި ފަރާތްތަކަށް އަންގާފައެވެ. މިކަން އަންގާފައިވަނީ މީގެ ދެހަފްތާ ކުރިން އާންމުކޮށް އެންގި އެންގުމެއްގެ ގޮތުގައި ރަށުތެރޭގައި އަޑުގަދަ ކުރާއިން އިއުލާނުކޮށްގެންނެވެ. ކައުންސިލުން އަންގާފައިވާ ގޮތުން 28 ފެބްރުއަރީ 2018 ގެ ނިޔަލަށް ނުދައްކާހުރި ކަރަންޓް ބިލްތަކަށް ފައިސާދައްކާ ނުނިންމާ ތަންތަނުން ކަރަންޓް ކަނޑާލެވޭނެ ކަމަށެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

Leave a Reply

Be the First to Comment!


 
Close