ހާއްސަ ލިޔުންޙަބަރުއާދަޔާޚިލާފް

އަތިރީގެ މުހައްމަދު ރަޝާދު ކުއްލި ގޮތަކަށް މިއަދު ނިޔާވެއްޖެ

ރ އުނގޫފާރު އަތިރީގެ މުހައްމަދު ރަޝާދު ކުއްލި ގޮތަކަށް މިއަދު ނިޔާވެއްޖެއެވެ. ހާލުދެރަވެ ހަބަރުހުސްވެގެން މިއަދު މެންދުރު 12:50 ހާއިރު އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ގެންދިޔައިރުވެސް ވަނީ ނިޔާވެފައިކަމަށް ހޮސްޕިޓަލާއި ހަވާލާދީ އުނގޫފާރު ކައުންސިލުން މައުލޫމާތުދިނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން މުހައްމަދު މިއަދު އޭނާގެ ވަޒީފާއަށްވެސް ނިކުމެ މަސައްކަތުގައިވެސް ވަނީ ރަނގަޅަށް ބައިވެރި ވެފައެވެ. ވަޒީފާގައި އުޅުމަށްފަހު މެންދުރު ބްރޭކަށް މަސައްކަތް ހުއްޓާލުމަށްފަހު މުހައްމަދު ރަޝާދު ދިޔައީ ގެއަށްކަމުގައި މައުލޫމާތު ލިބެއެވެ. އަދި ގެއަށްދިޔައިރު ބޮލުގައި ރިއްސާކަމަށާއި މެއަށް ތަދެއްއަރާކަމަށް ބައެއްމީހުންގާތު ބުނެފައިވާ ކަމަށް އުނގޫފާރު ޑޮޓްކޮމްއަށް މައުލޫމާތު ހިއްސާކުރި ބައެއްމީހުން ބުނެފައި ވެއެވެ.

މިހާދިސާގެ ހަބަރު ލިބުމާއެކު އުފާ ނިއުސްޓީމުން ހޮސްޕިޓަލަށް ދިޔައިރު އާއިލާގެ ގިނަބަޔަކާއި އުނގޫފާރު ކައުންސިލުގެ ދަށުގައިވާ ގިނަ އަދަދެއްގެ މުވައްޒަފުންނާއި ކައުންސިލް މެމްބަރުންވެސް އެވަގުތު ހޮސްޕިޓަލްގައި ތިއްބެވެ.

އުމުރުން 56 އަހަރުގެ މުހައްމަދު ރަޝާދު ނިޔާވިއިރު އަންބަކާ 4 ކުދިން ދުނިޔޭގައި އެބަތިއްބެވެ.

މުހައްމަދު ރަޝާދު އަކީ އުނގޫފާރު ކައުންސިލުން ދެމުންގެންދާ ކުނިމެނޭޖު ކުރުމުގެ މަސައްކަތުގައި މަސައްކަތްކުރާ މުވައްޒަފެކެވެ. މިއީ ފާއިތުވި 36 ވަރަކަށް ގަޑިއިރު ތެރޭގައި ކުއްލިގޮތަކަށް ނިޔާވި އުނގޫފާރުގެ ދެވަނަ ފަރާތެވެ.

މާތްﷲ މިމަރުހޫމުގެ އާއިލާއަށް ކެތްތެރިކަން ދެއްވާށި! އަދި މަރުހޫމަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ދެއްވާށި! އާމީން!

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

Leave a Reply

2 Comments on "އަތިރީގެ މުހައްމަދު ރަޝާދު ކުއްލި ގޮތަކަށް މިއަދު ނިޔާވެއްޖެ"


Guest
އިއްބެ
9 months 4 days ago

މަރުހޫމްގެ ފުރާނަފުޅައް ހެޔޮރަހުމަށް ލައްވާށިއެ އާއިލާޔައް ކެއްތެރިކަން ދެއްވާށިއެ އާމީން

Guest
މަންނި
9 months 5 days ago

އާއިލާއަށް ކެތްތެރިކަން ދެއްވާ, މަރުހޫމްގެ ފުރާނަފުޅަށް ހެޔޮރަހުމަތް މިންވަރު ކުރައްވާންދޭ..
އާމީން

 
Close