ޙަބަރުވިޔަފާރި

ޑީސަލްގެ އަގު ހެޔޮކޮށްފި

އުނގޫފާރު ރައްޔިތުންގެ ވިޔަފާރި

އުނގޫފާރު ރައްޔިތުންގެ ވިޔަފާރިން ވިއްކަމުން އައި ޑީސަލްގެ އަގު ހެޔޮކޮށްފިއެވެ. ކުރިން 10.65 ލާރިއަށް ވިއްކަމުން އައި ޑީސަލް ލިޓަރެއް މިއަދުން ފެށިގެން  ވިއްކާނީ 10.50 ލާރިއަށެވެ. މިއީ ފަނަރަ ލާރީގެ ހެޔޮވުމެކެވެ.

އުނގޫފާރު ޑޮޓް ކޮމް އަށް މައުލޫމާތު ދެއްވަމުން އުނގޫފާރު ރައްޔިތުންގެ ވިޔަފާރީގެ މެނޭޖަރ އަލްފާޟިލް އިބްރާހިމްޒަޔާން ވިދާޅުވީ ޑީސަލްގެ އަގު މިހެޔޮކުރީ އެވިޔަފާރިއަށް އެންމެފަހުން ގެނައި ޑީސަލްގެ އަގު ހެޔޮވުމާއި ގުޅިގެން ކަމަށެވެ. އުނގޫފާރު ރައްޔިތުންގެ ވިޔަފާރިންވަނީ އެތަނުން ވިއްކަމުންއައި ޕެޓްރޯލްގެ އަގުވެސް 1 މާރިޗު ގައި ހެޔޮކޮށްފައެވެ.

އުނގޫފާރު ރައްޔިތުންގެ ވިޔަފާރިން ވިއްކާ މުދަލުގެ ތެރޭގައި ލަކުޑީގެ ބާވަތްތަކާއި ( ހާޑްވުޑް، ރެޑްމެރެންޓީ، ޕައިންވުޑް، އެކި ސައިޒުގެ ފްލައިވުޑް، އެކިވައްތަރުގެ ފަރުނީޗަރު ބޯޑާއި ޓީކް ގެ އިތުރުން ފެންސީ އާއި) ޖިގްސަމްބޯޑާއި އެކިސައިޒުގެ ދަގަނޑު ހިލަ ހިލަވެލި ސިމެންތި އާއި އައުޓުބޯޑް ސްޕެއަރ އާއި ތެޔޮ ހިމެނެއެވެ.

އުނގޫފާރު ރައްޔިތުންގެ ވިޔަފާރިއަކީ  އުނގޫފާރު ރައްޔިތުންގެ އިތުރުން ރ އަތޮޅުގެ ގިނަބަޔަކުގެ މެދުގައި ބޮޑު މަޤުބޫލުކަމެއް ހޯދާފައިވާ އަދި ގިނަބަޔަކު ވިޔަފާރި ކުރަމުން އަންނަ ފިހާރައެކެވެ. މިވިޔަފާރިއަކީ 2003 ވަނަ އަހަރުން ފެށިގެން އުނގޫފާރު އޮފީހުން/ކައުންސިލުން ކުރަމުން އަންނަ ވިޔަފާރިއެކެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރއވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

Leave a Reply

Be the First to Comment!


 
Close