ޙަބަރުރ.އަތޮޅުކުޅިވަރުމިނިވަން ޗެމްޕިއަންޝިޕް

މިނިވަން ޗެމްޕިއަންޝިޕް ރ އަތޮޅު މުބާރާތް މާދަމާ ފަށަނީ

މިނިވަން ޗެމްޕިއަންޝިޕް 2018 ފުޓުބޯޅަ މުބާރާތް

މިނިވަން ޗެމްޕިއަންޝިޕް 2018  ގެ ރ އަތޮޅު މުބާރާތުގެ ކުޅުން މާދަމާ ފެށޭނެއެވެ.  މިމުބާރާތް ކުރިއަށްދާނީ މީދޫގައެވެ. މާދަމާ ފަށާ މިމުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ އެއްމެ ފަހުގެ ޗެމްޕިއަން އުނގޫފާރު އަދި ރަނަރަޕް މުބާރާތް ބާއްވާ މީދޫއެވެ.

4  ޓީމު ބައިވެރިވި ރ އަތޮޅު މުބާރާތުގެ ކުޅުން ކުރިއަށްދާނީ 4 ޓީމުގެ މެދުގައި ލީގު އުސޫލުން އެއްބުރު ކުޅުމަށްފަހު އެންމެ ގިނަ ޕޮއިންޓް ހޯދާ ދެޓީމު ފައިނަލްގައި ކުޅޭ ގޮތަށެވެ.  ޒޯން ކުޅުމުގެ ފުރުސަތު ލިބޭނީ ރ އަތޮޅުގެ ޗެމްޕިއަންކަން ހޯދާ ޓީމަށެވެ.

މިމުބާރާތުގައި މިއަހަރު ބައިވެރިވެފައިވަނީ މިދިޔައަހަރުގެ ޗެމްޕިއަން އުނގޫފާރު އާއި ރަނަރަޕް އަދި މުބާރާތް ބާއްވާ މީދޫ އާއި އަލިފުށި އަދި އިންނަމާދޫ އެވެ.

މުބާރާތުގެ ފައިނަލްމެޗު ކުޅުމަށް ހަމަޖެހިފައިވަނީ 22 މާޗު ވާ ބުރާސްފަތި ދުވަހުއެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

މިލިޔުމަށް ޙިޔާލު ފާޅުކުރައްވާ

މިލިޔުމަށް ޙިޔާލުފާޅުކުރައްވާ ފުރަތަމަ ފަރާތަށް ވެލައްވާ!


 
Close