ޙަބަރުރ.އަތޮޅުކުޅިވަރުމިނިވަން ޗެމްޕިއަންޝިޕް

މިއަދުގެ މެޗު ލައިވް ކުރާނެ

މިނިވަން ޗެމްޕިއަންޝިޕް 2018 ގެ ރ އަތޮޅު ބުރުގައި އުނގޫފާރު އެފްސީ އަދި މީދޫ ސްޕޯރޓްސް ކްލަބް ބައްދަލުކުރާމެޗު އުނގޫފާރު ޑޮޓްކޮމްގެ ފޭސްބުކް ޕޭޖުން ލައިވް ކުރާނެއެވެ.

މިގޮތައް މިކަންކުރަން ނިންމީ އުނގޫފާރު އެފްސީގެ މެޗްތައް ބަލާލުމަށް މީދޫއަށް ދެވެންނެތް ފަރާތްތަކަށް އެމެޗުގެ ހަބަރާއި މައުލޫމާތު ފުރިހަމައަށް ގެނެސްދިނުމުގެ ބޭނުމުގައެވެ. އުނގޫފާރު ޑޮޓްކޮމްގެ ފޭސްބުކު ޕޭޖުން ވާނީ މިނިވަންޗެމްޕިއަންޝިޕް 2017 ގެ ޒޯން 3 ގެ މެޗުތައްވެސް ލައިވް ކޮށްދީފައެވެ. ޅ އޮޅުވެލިފުށީގައި ކުރިއަށްދިޔަ މިމުބާރާތުގެ ކަވަރޭޖް ފަސްދޮޅަސް ހަތްހާހައްވުރެ ގިނަމީހުން ބަލާފައިވެއެވެ.

އުނގޫފާރު ޑޮޓްކޮމް އަށް މައުލޫމާތު ދެއްވަމުން މިކަމުގައި އެއްމެ އިސްކޮށް ހަރަކާތްތެރިވާ ޝާހު ބުނީ މިއަދުގެ މެޗުގެ ލައިވް ކަވަރޭޖް ގެނެސް ދިނުމަށްޓަކައި ވާންޖެހޭ އެންމެފަހުގެ ތައްޔާރީތައް މިހާރުވަނީ ނިމިފައިކަމަށާއި މީޑިއާ ޓީމު އޮތީ މިކަމަށް ވަރަށް ފުރިހަމައަށް ތައްޔާރުވެފައި ކަމަށެވެ. “މިއަދުގެ މެޗު ލައިވް ކުރުމަށް ޓެކްނިކަލީ ވާންޖެހޭ ހުރިހައި ތައްޔާރީތަކެއް މިހާރުހުރީ ނިމިފައި، ދެން އޮންނާނީ މީދޫއަށް މިއަދު މެންދުރުފަހު ގޮސް ސެޓަޕް ރާވާލުން، ބޮޑުކަމެއް ދިމާނުވެއްޖެއްޔާ މެޗުގެ ހުރިހައިކަމެއްވެސް އިރާދަކުރެއްވިއްޔާ ވަރަށް ބަރާބަރަށް ގެނެސްދެވޭނެ.” ޝާހު ބުންޏެވެ.

މިމުބާރާތުގައި އުނގޫފާރު އެފްސީ ކުޅޭ ހުރިހައި މެޗެއްވެސް އުނގޫފާރު ޑޮޓްކޮމްގެ ފޭސްބުކް ޕޭޖުން ލައިވް ކުރާގޮތަށްވަނީ ހަމަޖެހިފައެވެ.

އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

Leave a Reply

Be the First to Comment!


 
Close