ރ.އަތޮޅުކުޅިވަރު

މިއަދުގެ މެޗުގެ ފޭސްބުކް ލައިވް ސްޕޮންސަރަކީ ވިލުބާނި ލޯންޗް

މިނިވަން ޗެންޕިއަންޝިޕް 2018 ރ.އަތޮޅު ބުރުގައި މިއަދު ހަވީރު އުނގޫފާރު އެފްސީ އަދި މީދޫ ސްޕޯޓްސް ކްލަބް ބައްދަލުކުރާ މެޗު އުނގޫފާރު.ކޮމް ގެ ފޭސްބުކް ޕޭޖް މެދުވެރިކޮށް ލައިވް ކުރުމަށް ހަމަޖެހިފައި ވާއިރު މި މެޗުގެ ފޭސްބުކް ލައިވްގެ ސްޕޮންސަރަކަށް ވިލުބާނި ލޯންޗް ހަމަޖެހިއްޖެއެވެ.

މި މުބާރާތުގައި އުނގޫފާރު.އެފްސީ ވާދަ ކުރާ ހުރިހާ މެޗެއް އުނގޫފާރު.ކޮމް އިން ލައިވް ކުރަން ހަމަޖެހިފައި ވާއިރު މި މެޗުތަކުގެ ފޭސްބުކު ލައިވް ސްޕޮންސާ ކުރުން މިހާރު ވަނީ އާންމުކޮށް ހުޅުވާލާފައެވެ. މި މުބާރާތުގެ ހުރިހާ މެޗެއް ކުޅުމަށް ހަމަޖެހިފައި ވަނީ ރ. މީދޫގައެވެ. އެހެން ކަމުން މެޗު ބެލުމަށް މިދޫއަށް ދެވެން ނެތް އުނގޫފާރު އެފްސީގެ ގިނަ ސަޕޯޓަރުންގެ ވެސް އެދުމާ އެކު އުނގޫފާރު.ކޮމް އިން މަސައްކަތް ކުރަމުން މި ދަނީ މެޗުގެ ލައިވް ކަވަރޭޖް އެންމެ ފުރިހަމަ ކަމާއެކު ގެނެސްދެވޭތޯއެވެ.

އުނގޫފާރު.ކޮމް އިން ވަނީ މިދިޔަ އަހަރުގެ މިނިވަން ޗެންޕިއަންޝިޕާއި އުނގޫފާރު އެފްސީ ވާދަކުރި ޒޯން 3 ގެ މެޗުތައް ވެސް ލައިވްކޮށް ގެނެސްދީފައެވެ. އުނގޫފާރު.ކޮމްގެ ލައިވް ކަވަރޭޖަށް މިދިޔަ އަހަރު ވަރަށް ބޮޑު ތަރުހީބެއް ލިބިގެން ދިޔަ އިރު ޅ.އޮޅުވެލިފުށީހައި ކުރިއަށް ދިޔަ ޒޯން 3 މުބާރާތުގެ ލައިވް ކަވަރޭޖް 67،000 އަށް ވުރެ ގިނަ މީހުން ބަލާފައިވެއެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރއވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

Leave a Reply

Be the First to Comment!


 
Close