ކުޅިވަރުމިނިވަން ޗެމްޕިއަންޝިޕް

ޗެންޕިއަން އުނގޫފާރު އެފްސީ ބަލިކޮށް މީދޫން ފެށުން ރަނގަޅުކޮށްފި

މިނިވަން ޗެންޕިއަންޝިޕް 2018 ރ.އަތޮޅު ބުރުގައި ފުރަތަމަ މެޗުގައި މިއަދު ހަވީރު މިދިޔަ އަހަރުގެ  ޗެންޕިއަން އުނގޫފާރު އެފްސީ ބަލިކޮށް މީދޫ ސްޕޯޓްސް ކުލަބުން އެ ޓީމުގެ ފެށުން ރަނގަޅުކޮށްފިއެވެ. މީދޫ އެސްސީން މި މެޗު ކާމިޔާބު ކުރީ 3-1 ގެ ނަތީޖާއަކުންނެވެ.

މިއަދުގެ މެޗުގައި ފުރަތަމަ ލީޑް ނަގާފައި ވަނީ އުނގޫފާރު އެފްސީންނެވެ. ސައުދުﷲ ހުސެއިން ކާމިޔާބުކޮށް ދިން މި ލަނޑާއެކު އުނގޫފާރު އެފްސީ ކުރީގައި އޅެނިކޮށް އުނގޫފާރު އެފްސީން ކުރި ފައުލްއަކާ ގުޅިގެން  މީދޫއަށް ޕެނަލްޓީއެއް ލިބިގެން ދިޔައެވެ. މެޗުގެ 25 ވަނަ މިނެޓުގައި މީދޫ އެސްސީއަށް ލިބުނު މި ޕެނަލްޓީ އެ ޓީމުގެ ނާޖީހް މުޙައްމަދު ސީދާ ގޯލްގެ ކަނަށް ފޮނުވާލައިގެން އެ ޓީމުން މެޗުގެ ނަތީޖާ ހަމަހަމަ ކުރިއެވެ. ފުރަތަމަ ހާފު ނިމިގެން ދިޔައީ މި ނަތީޖާއާ އެކުއެވެ.

ދެވަނަ ހާފު ފެށިގެން 6 ވަނަ މިނެޓުގައި މީދޫއެސްސީގެ އަހުމަދު އާސިފް (އޮއިއްޓޭ) ކާމިޔާބުކޮށްދިން ލަނޑާ އެކު މީދޫ އެސްސީން މެޗުގެ ލީޑް ނެގިއެވެ. މީދޫއަށް ލީޑް ފުޅާ ކޮށްދިނީ އޭގެ 5 މިނެޓް ފަހުން އަނެއްކާވެސް އަހުމަދު އާސިފު (އޮއިއްޓޭ) ކާމިޔާބުކޮށް ދިން ލަނޑުންނެވެ. މި މެޗުގައި 2 ޓީމަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ތަކެއް ލިބިގެން ގޮސްފައިވެއެވެ.

މިދިޔަ އަހަރުގެ މިނިވަން ޗެންޕިއަންޝިޕްގެ  ފައިނަލްގައި މި 2 ޓީމް ވާދަކޮށްފާ ވާއިރު އެފަހަރު އުނގޫފާރު އެފްސީ މެޗު ކާމިޔާބުކޮށްފައި ވަނީ 1-0 ގެ ނަތީޖާއަކުންނެވެ. އެހެން ކަމުން މިއަދުގެ މެޗު ވެގެން ގޮސްފައި ވަނީ ހުރިހާ ގޮތަކުން ވެސް ވަރަށް ފޯރިގަދަ މެޗަކަށެވެ.

މި މުބާރާތުގެ 2 ވަނަ މެޗު އޮންނާނީ މާދަމާ ހަވީރެވެ. މި މެޗުގައި ވާދަކުރާނީ އިންނަމާދޫ އަދި އަލިފުއްޓެވެ. މި މުބާރާތުގެ މެޗުތައް ކުޅެން ހަމަޖެހިފައި ވަނީ މީދޫ ފުޓްބޯޅަ ދަނޑުގައެވެ.

މިނިވަން ޗެންޕިއަންޝިޕް މި އަހަރުގެ މުބާރާތުގައި ރ،އަތޮޅުން ވާދަކުރަނީ އުނގޫފާރު، މީދޫ، އަލިފުށި އަދި އިންނަމާދޫއިންނެވެ. މުބާރާތުގައި އުނގޫފާރު އެފްސީ ވާދަކުރާ މެޗުތައް އުނގޫފާރު.ކޮމް ފޭސްބުކް ޕޭޖް މެދުވެރިކޮށް ލައިވްކުރުމަށް ވަނީ ހަމަޖެހިފައެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރއވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

Leave a Reply

Be the First to Comment!


 
Close