ޙަބަރުރ.އަތޮޅުކުޅިވަރުމިނިވަން ޗެމްޕިއަންޝިޕް

މުބާރާތުގެ ފުރަތަމަ ފައިނަލަށް ދެޓީމުވެސް ފުރިހަމައަށް ތައްޔާރު

މިނިވަން ޗެމްޕިއަންޝިޕް 2018

މިނިވަން ޗެމްޕިއަންޝިޕް 2018 ގެ ރ. އަތޮޅު ބުރުގައި މިއަދު މީދޫ އާއި އަލިފުށި ބައްދަލުކުރާ ފޯރި ގަދަ މެޗަށް ދެޓީމުވެސް ފުރިހަމައަށް ތައްޔާރު ކަމުގައި ދެޓީމުންވެސް ބުނެފިއެވެ. މުބާރާތުގެ ފުރަތަމަ ފައިނަލްގެ ގޮތުގައި ގިނަބަޔަކު ސިފަކުރަމުންދާ މިމެޗަށް ދެޓީމު މިއަދު ނިކުންނައިރު ދެޓީމުވެސް ވަނީ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށްފައެވެ.

މުބަރާތުގެ ފުރަތަމަމެޗު ގައި މީދޫވަނީ އުނގޫފާރު އަތުން 3-1 މޮޅުވެފައެވެ. މުބާރާތުގެ ދެވަނަ މެޗުގައި އަލިފުށިވަނީ އިންނަމާދޫ އަތުން 5-1 ން މޮޅުވެފައެވެ.

މުބާރާތް ހޯސްޓްކުރުމާމެދު ހިނގާދިޔަ ކަންތައްތަކާއި ގުޅިގެން ފޯރިގަދަވެފައިވާ މުބާރާތުގައި މިދެޓީމު ބައްދަލުކުރާއިރު ދެޓީމުގެ ސަޕޯޓަރުންވެސް އަންނަނީ މެޗުގައި ޓީމަށް ހިތްވަރު ދިނުމަށް ވަރަށް ފުރިހަމައަށް ތައްޔާރު ވަމުންނެވެ.

މިމަހުގެ 12 ވަނަ ދުވަހުންފެށިގެން މިމުބާރާތަށް ރ ކިނޮޅަހުގައި ކޭމްޕް ކޮށްގެންތިބި އަލިފުށީ ޓީމުވެސް ވަނީ މިއަދުގެ މެޗަށް ފުރިހަމައަށް ތައްޔާރުވެފައެވެ. މިއަދުގެ މެޗަށް އަލިފުށީ ނިކުންނަނީ މެޗުކާމިޔާބުކޮށް ފައިނަލްގެ ފުރުސަތު ބޮޑުކުރުމަށެވެ.

އުނގޫފާރު ޑޮޓް ކޮމްއަށް މައުލޫމާތު ދެއްވަމުން އަލިފުށީ ޓީމުގެ އެސިސްޓެންޓް މެނޭޖަރ އިބްރާހީމް އިސްމާއިލް ވިދާޅުވީ މުބާރާތުގައި އަލިފުށީ ޓީމަށް ހިތްވަރު ދިނުމަށް ސަޕޯޓަރުން އަލިފުށިން މީދޫއަށް ދާނެކަމަށާއި ސަޕޯޓަރުން ފުރުމަށް ހަމަޖެހިފައިވަނީ މިއަދު 11:30 ގައެވެ. ސަޕޯޓަރުން ގޮވައިގެން ބޮޑެތި 3 އުޅަނދާއި ދެލޯންޗް މީދުއަށް ދާނެކަމަށެވެ. ޓީމާއި ބެހޭގޮތުން ޓީމުގެ އެސިސްޓެންޓް މެނޭޖަރ އިބްރާހީމް އިސްމާއިލް ވިދާޅުވީ މިއަދުގެ މެޗައްނިކުންނައިރު ޓީމުގައި އެއްވެސް މައްސަލައެއް ނެތްކަމަށާއި ޓީމަށް މާބޮޑެތި ބަދަލުތަކެއް ކޯޗު މިއަދު ގެންނާނެ ކަމަށް ނުފެންނަކަމަށެވެ.

މިދިޔަ އަހަރުގެ މުބާރާތުގައި މީދޫ ސަޕޯޓަރުން ޓީމަށް ހިތްވަރުދެނީ

މިއަދުގެ މެޗަށް މީދޫ ޓީމުވެސް އޮތީ މެޗަށް ފުރިހަމައަށް ތައްޔާރުވެފައެވެ. އުނގޫފާރު ޑޮޓް ކޮމްއަށް މައުލޫމާތު ދެއްވަމުން މީދޫ ޓީމުގެ ކޯޗު ރޯމިއޯ ވިދާޅުވީ މިއަދުގެ މެޗަށް ޓީމުއޮތީ ފުރިހަމައަށް ތައްޔާރު ވެފައިކަމަށާއި ޓީމުގައި ކޮންމެވެސް ވަރަކަށް އަނިޔާގެ މައްސަލަ އުޅޭތީ ޓީމަށް ބަދަލެއް އައުމަކީ އެކަށީގެންވާ ކަމެއްކަމަށެވެ.

މީދޫ ޓީމާއި އެއްވަރަށް މީދޫ ޓީމުގެ ސަޕޯޓަރުންވެސް ތިބީ ތައްޔާރަށެވެ. މިދިޔަ އަހަރު އުނގޫފާރުގައި  ބޭއްވި މުބާރާތުގައި ތަފާތު ސަޕޯޓެއް ދެއްކި މީދޫގެ ސަޕޯޓަރުން މިއަދުވެސް ތަފާތު ވާނޭކަމަށް މައުލޫމާތު ލިބެއެވެ.

މިދެޓީމު އެންމެފަހު ބައްދަލުކޮށްފައިވަނީ މިދިޔައަހަރުގެ މިނިވަންޗެމްޕިއަންޝިޕް މުބާރާތުގައެވެ. އެމެޗު 3-0 ކާމިޔާބުކުރީ މީދޫއެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

Leave a Reply

Be the First to Comment!


 
Close