ޙަބަރުރ.އަތޮޅުކުޅިވަރުމިނިވަން ޗެމްޕިއަންޝިޕް

މިއަދުގެ މެޗުވެސް ލައިވް ކުރާނެ

މިނިވަން ޗެމްޕިއަންޝިޕް 2018

މިނިވަން ޗެމްޕިއަންޝިޕް 2018 ގެ ރ އަތޮޅު މުބާރާތުގައި މިއަދު ހަވީރު އުނގޫފާރު އެފްސީ އަދި އިންނަމާދޫ އެފްސީ ބައްދަލުކުރާމެޗު އުނގޫފާރު ޑޮޓްކޮމްގެ ފޭސްބްކް ޕޭޖުން ލައިވް ކުރާނެއެވެ.
މިގޮތައް މިކަންކުރަން ނިންމީ އުނގޫފާރު އެފްސީގެ މެޗްތައް ބަލާލުމަށް މީދޫއަށް ދެވެންނެތް ފަރާތްތަކަށް އެމެޗުގެ ހަބަރާއި މައުލޫމާތު ފުރިހަމައަށް ގެނެސްދިނުމުގެ ބޭނުމުގައެވެ. އުނގޫފާރު ޑޮޓްކޮމްގެ ފޭސްބުކު ޕޭޖުން ވާނީ މިމުބާރާތުގައި އުނގޫފާރު އެފްސީ އަދި މީދޫ ސްޕޯރޓްސް ކްލަބް ބައްދަލުކުރި މެޗުވެސް ލައިވްކޮށް ގެނެސްދީފައެވެ.
އުނގޫފާރު ޑޮޓްކޮމް އަށް މައުލޫމާތު ދެއްވަމުން މިކަމުގައި އެއްމެ އިސްކޮށް ހަރަކާތްތެރިވާ ޝާހު ބުނީ ފުރަތަމަ މެޗު ލައިވް ކުރުމުގައި ދިމާވި ޓެކްނިކަލް މައްސަލަތަކެއްގެ ސަބަބުން ލައިވް ރަނގަޅަށް ގެނެސްދެވިފައި ނުވިނަމަވެސް އިރާދަކުރެއްވިއްޔާ މިއަދުގެ ލައިވް ބަރާބަރަށް ގެނެސްދެވޭނެ ކަމަށެވެ.
މިމުބާރާތުގައި އުނގޫފާރު އެފްސީ ކުޅޭ ހުރިހައި މެޗެއްވެސް އުނގޫފާރު ޑޮޓްކޮމްގެ ފޭސްބުކް ޕޭޖުން ލައިވް ކުރާގޮތަށްވަނީ ހަމަޖެހިފައެވެ. މިމެޗުތަކުގެ ލައިވް ކަވަރޭޖް ސްޕޮންސަރ ކޮށްފައިވަނީ ވިލުބާނި ލޯންޗް އަދި ވެސްޓްބީޗް ރެސްޓޯރަންޓްންނެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

Leave a Reply

Be the First to Comment!


 
Close