ޙަބަރުކުޅިވަރުމިނިވަން ޗެމްޕިއަންޝިޕް

މިއަދުގެ މެޗަށް ބޭނުންވަނީ ސަޕޯޓަރުން – ކޯޗު އިޤްބާލް

މިނިވަންޗެމްޕިއަންޝިޕް 2018

މިނިވަންޗެމްޕިއަންޝިޕް 2018 ގެ ރ އަތޮޅު ބުރުގައި މިއަދު އިންނަމާދޫ އާއި ދެކޮޅަށް ނިކުންނައިރު ޓީމަށް އެންމެ ބޭނުންވަނީ ރައްޔިތުންގެ ފުރިހަމަ ސަޕޯޓް ކަމަށް އުނގޫފާރު އެފްސީގެ ކޯޗު މުހައްމަދު އިޤްބާލު މިއަދު ބުނެފިއެވެ.

އުނގޫފާރު ޑޮޓްކޮމް އަށް މައުލޫމާތު ދެއްވަމުން ކޯޗު އިޤްބާލު ބުނީ ޓީމު އޮތީ މިއަދުގެ މެޗަށް ފުރިހަމައަށް ތައްޔާރުވެފައި ކަމަށެވެ. އަނިޔާގެ މައްސަލައެއްގައި ބީދޭސީ ކުޅުންތެރިޔާ މިއަދު ނުފެންނާނެ ކަމަށާއި އަދި ކުރީ ދުވަހުގެ ޓީމަށް ބަދަލުތަކެއް ގެނެސްފައިވާނެ ކަމަށެވެ. މިއަދުގެ މެޗަށްވެސް ޓީމު މިނިކުންނަނީ މެޗުގެ މުހިންމުކަން ވަރަށްބޮޑަށް އެނގިގެން ކަމެވެ. މިހުރިހާ ކަމަކާއެކު ދެން ޓީމަށް އިތުރަށް ބޭނުންވަނީ ވަރުގަދަ ސަޕޯޓެއް، 12 ވަނަ ކުޅުންތެރިޔާ ކަމަށެވެ.

އުނގޫފާރު ޓީމުގެ 12 ވަނަ ކުޅުންތެރިން އުނގޫފާރުގެ ސަޕޯޓަރުންނަކީ އަބަދުވެސް އުނގޫފާރު ޓީމަށް ސަޕޯޓް ދިނުމުގައި ލާމަސީލު ބައެކެވެ. އެކަން މިދިޔަ އަހަރުގެ ދެ މުބާރާތުގައި ސަޕޯޓަރުންވަނީ ދައްކާދީފައެވެ.

މިއަދުގެ މެޗުން ތިން ޕޮއިންޓް ނުލިބިއްޖެނަމަ ނުވަތަ ބަލި ވެއްޖެނަމަ އުނގޫފާރު އެފްސީއަށް މުބާރާތުގެ ފައިނަލްގެ ޖާގައެއް ހޯދުމުގެ އަމިއްލަބާރު ގެއްލި ހުރިހާ ދޮރެއްމުޅިންހެން ބަންދުވާނެއެވެ.

މިދެޓީމު އެންމެ ފަހުން ބައްދަލުކޮށްފައިވަނީ މިނިވަންޗެމްޕިއަންޝިޕް 2017 ގައެވެ. އެމެޗު އުނގޫފާރު އެފްސީ ކާމިޔާބު ކުރީ 3-1 ންނެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

މިލިޔުމަށް ޙިޔާލު ފާޅުކުރައްވާ

މިލިޔުމަށް ޙިޔާލުފާޅުކުރައްވާ ފުރަތަމަ ފަރާތަށް ވެލައްވާ!


 
Close