ޙަބަރުރ.އަތޮޅުކުޅިވަރުމިނިވަން ޗެމްޕިއަންޝިޕް

އިންނަމާދޫ އެފްސީ އަތުން މޮޅުވެ އުނގޫފާރު އެފްސީން ފައިނަލްގެ ފުރުސަތު ބޮޑުކޮށްފި

މިނިވަންޗެމްޕިއަންޝިޕް 2018

މީދޫގައި މިހާރު ކުރިއަށްދާ މިނިވަންޗެމްޕިއަންޝިޕް 2018 ގެ ރ އަތޮޅުބުރުގައި އިއްޔެ ހަވީރު ކުޅުނުމެޗު ކާމިޔާބުކޮށް އުނގޫފާރު އެފްސީން މުބާރާތުގެ ފައިނަލްގެ ފުރުސަތުބޮޑުކޮށްފިއެވެ. އިންނަމާދޫ އެފްސީ އާއި ބައްދަލުކުރި މިމެޗު އުނގޫފާރު އެފްސީން ކާމިޔާބުކުރީ 3-0 ނެވެ.

މެޗުގެ ފުރަތަ ލަނޑު 7 ވަނަ ނިމެޓްގައި ކާމިޔާބު ކޮށްދިނީ ހުސައިން ރިމާޒްއެވެ. ދެވަނަ ލަނޑު ސައުދުﷲ ކާމިޔާބު ކޮށްދިނީ 31 ވަނަ މިނެޓްގައެވެ. ތިންވަނަ ލަނޑު 79 ވަނަ މިނެޓްގައި ކާމިޔާބު ކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންނިކުތް އަލީ މިމްރާހްއެވެ.

މިމެޗު ކާމިޔާބުކޮށް ލިބުނު ތިން ޕޮއިންޓާއެކު އުނގޫފާރު އެފްސީން ވަނީ ފައިނަލްގެ ފުރުސަތު ބޮޑުކޮށްފައެވެ. އުނގޫފާރު އެފްސީ ދެން ބައްދަލުކުރާނީ އަލިފުށީ އެސް ސީއާއެވެ. މިމެޗުން މޮޅުވާ ޓީމަކަށް ފައިނަލްގެ ދެވަނަ ޖާގަ ލިބޭނެއެވެ. އެއްވަރު ވެއްޖެނަމަ ފައިނަލްގެ ދެވަނަ ޖާގަ ލިބޭނީ އަލިފުއްޓަށެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

މިލިޔުމަށް ޙިޔާލު ފާޅުކުރައްވާ

މިލިޔުމަށް ޙިޔާލުފާޅުކުރައްވާ ފުރަތަމަ ފަރާތަށް ވެލައްވާ!


 
Close