ކުޅިވަރު

ތުއްތު އީތަން އަށް އެހީތެރިކަމެއް ދެއްވާ!

ލޯބީގެ ސަފުހާތަކަށް ފަހު ކައިވެނީގެ މަތިވެރި ގުޅުމުން ގުޅޭ 2 ހިތެއްގެ ހަޔާތުގައި އަންނަ އެންމެ އުފާވެރި ދުވަހަކީ އަލަތު ދަރިފުޅު ދުނިޔެއަށް ނޭވާލާ ދުވަހެވެ. އެތަކެއް ހުވަފެންތަކާއި އެތަކެއް ފޮނި އުންމީދުތަކާެއެކު ކޮންމެ ދެމަފިރިއަކު ވެސް އެ ދުވަހަށް އިންތިޒާރު  ކުރެއެވެ. އެ ތުއްތު ދެލޯ ދުށުމަށް ކެއް މަދުވެފައިވާ ހާލު އެ ދުވަހަށް އެންމެ ކުރިއްސުރެ ތައްޔާރުވެއެވެ. ޗާލު ހެދުންކޮޅުތަކާއި ދާންކޮޅުތައް އެ ދުވަހަށް ތައްޔާރުކުރެއެވެ. އެ ދެލޯ ފުރިހަމަ ސިއްޙަތުގައި ލެއްވުމަށް އެދި އަބަދުމެ ދުޢާކުރެއެވެ. ހަޤީގަތުގައި ވެސް އެއީ އެހާމެ އުފާވެރި ދުވަހެކެވެ. އެހެން ނަމަވެސް ބައެއް ފަހަރު އެ ދުވަސް އުންމީދު ކުރާހާ އުފާވެރި ދުވަހަކަށް ނުވެއެވެ. ތުއްތު ދަރިފުޅު އުފަންވާއިރު އެ ދަރިފުޅުގެ ކިބާގައި އުފެދުމުގައި އުނިކަމެއް ހުރިކަން އެނގުމަކީ ދެމަފިރިއަކަށް ލިބޭނެ އެންމެ ބޮޑު އެއް ހިތާމައެވެ. ރ.ކަނދޮޅުދޫ، ނޫރަންވިލާ މުޙައްމަދު އިޝާން އަދި ރ.އުނގޫފާރު ރިހިވެލި، އައިޝަތު ފަޒްލީނާ އަކީ ވެސް މިފަދަ ދެމަފިރިންނެވެ.

އިޝާން އަދި އައިޝަތުގެ އަލަތު ދަރިފުޅު އީތަން މުޙައްމަދު އިޝާން އުފަންވި އިރު އޭނާއަށް ވަނީ އުފެދުމުގައި ތުއްތު ކުދިންނަށް ކުރިމަތިވާ ހާލަތެއް ކުރިމަތިވެފައެވެ. އެއީ ތުންފަތް އަދި ހިރުގަނޑުގެ މަސްތައް ރަނގަޅަށް އުފެދިފައި ނެތުމުން ދިމާވާ ހާލަތެކެވެ. އުފެދުމުގައި ދިމާވާ މައްސަލަތަކުގެ ނިސްބަތުން މިއީ ވަރަށް އާންމު ކަމެކެވެ. މި ހާލަތުގެ ސަބަބުން ތުއްތު އީތާންގެ މަތީ ތުންފަތް އަދި މަތީ ތަލީގައި ވަނީ ބާގަނޑެއް ހެދިފައެވެ. މި ހާލަތުގައި ދަރިފުޅަށް ޤާތުން ކިރުދިނުމާއި، ފެންދިނުމާއި ނޭވާލުން އުނދަގޫވެގެން ދެއެވެ.

އީތަންގެ ބައްޕަ އިޝާން އުނގޫފާރު.ކޮމް އަށް މަޢުލޫމާތު ދިން ގޮތުގައި ދަރިފުޅަށް ދިމާވެފައިވާ މި ހާލަތުގެ ސަބަބުން އެއްގޮތަކުން ވެސް ގާތުން ކިރުނުދެވެއެވެ. އެހެން ކަމުން ދަރިފުޅަށް ބުއް ދޭން ޖެހެނީ އެކަމަށް ހާއްސަ ކޮށްފައިވާ ފުޅިއަކުންނެވެ. މި ނޫން ގޮތަކަށް ދަރިފުޅަށް ފެން ނުވަތަ ބުއް ދޭން މަސައްކަތް ކޮށްފިނަ ނޭވާލާ ހޮޅިއަށް އެތަކަތި ދިއުމަކީ ވަރަށް ގާތުގައިވާ ކަމެވެ.

އިޝާން ބުނި ގޮތުގައި ދަރިފުޅަށް ކުރިމަތިވެފައިވާ މި ހާލަތުގެ ސަބަބުން ދަރިފުޅު ހޮޑު ލިޔަސް އެތަކެތި ނޭފަތުގެ ހޮޅި ތެރެއަށް އެޅެއެވެ. އެހެން ކަމުން ނޭފަތް ސާފު ކުރުމަށް އަބަދުމެ އައިޖީއެމްއެޗްގައި އެޑްމިޓް ކުރަން ޖެހެއެވެ.

ޑޮކްޓަރުން ލާފާ ދިން ގޮތުގައި އީތަން އަށް ކުރިމަތިވެފައިވާ މި ހާލާތަކީ މުޅިން ފަސޭހަ ކުރެވޭނެ ހާލަތެކެެވެ. އަދި މި ފަދަ ކޭސްތައް ރާއްޖެއިން ވެސް ފުދޭވަރަށް ފެންނަމުންދާ ކަމަށާއި އަދި އެކަމަށް ފަރުވާ ކުރެވިފައިވެސް އެބަހުއްޓެވެ. އެހެން ނަމަވެސް މިކަމަށް ފަރުވާ ކުރެވެނީ އަގު ބޮޑު އޮޕެރޭޝަން ތަކެއް ކޮށްގެންނެވެ.

އިޝާން ބުނި ގޮތުގައި ހުޅުމާލެ ހޮސްޕިޓަލުގައި މިވަގުތު އެފަދަ އޮޕެރޭޝަން ތަކަށް ހާއްސަ ޑޮކްޓަރަކު އެބަހުއްޓެވެ. ނަމަވެސް އިންޑިއާއަށް ދާން ބޭނުންވަނީ   މިފަދަ އޮޕެރޭޝަންތައް އެންމެ ކާމިޔާބު ކަމާއެކު ކުރެވިފައި ހުރީ އިންޑިއާގެ ހޮސްޕިޓަލަކުންކަމަށްވާތީއެވެ. ނަމަވެސް އެ ހޮސްޕިޓަލުން އޮޕެރޭޝަން ކުރުމަކީ އަގު ބޮޑު އަދި ބޮޑެތި ހަރަދުތަކެއް ހިނގާނެކަމެކެވެ.

އީތަން މުޙައްމަދު އިޝާން

ޑޮކްޓަރުން ބުނި ގޮތުގައި އީތަންގެ 3 އޮޕެރޭޝަނެއް ކުރަން ޖެހެއެވެ. އެއީ ކުއްޖާގެ އުމުރުން 3 މަހުގައާއި 10 މަހުގައި ކުރާ 2 އޮޕެރޭޝަނާއި އުމުރުން ތަންކޮޅެއް ދޮށީ ވުމުން ކުރާ އޮޕެރޭޝަނެކެވެ. އީތަންގެ އުމުރުން މިހާރު 4 މަހަށް އަޅާފައި ވާއިރު ފުރަތަމަ އޮޕެރޭޝަން ވީހާވެސް އަވަހަށް ކުރަން ބޭނުންވެއެވެ. ނަމަވެސް މިކަމަށް އޮތް ހުރަހަކީ ފައިސާގެ ދަތިކަމެވެ. އިޝާންގެ ދެމަފިރިންގެ އާދޭހަކީ ތުއްތު އީތަންގެ އޮޕެރޭޝަނަށް ހެޔޮއެދޭ ފަރާތްތަކުން ދީލަތި އެހީތެރިކަމެއް ވެދިނުމެވެ.

މި އޮޕެރޭޝަން ކުރެވިއްޖެ ނަމަ މާތްﷲ ގެ ހެޔޮ ރަހުމަތް ފުޅުން އީތަން މުޅިން ރަނގަޅު އެހެން ކުދިންނެކޭ އެއް ފަދައިން ކައި ބޮއެ އުޅެވޭނެއެވެ. އީތަންއަށް އެހީތެރިވުމަށް ބޭނުންވާ ފަރާތްތަކުން ތިރީގައިވާ އެކައުންޓަށް ފައިސާ ޖަމާކުރެވޭނެއެވެ. ނުވަތަ އިޝާންގެ ނަންބަރ 9633676 އަށް ގުޅައިގެން ކުރިއަށް ގެންދެވޭނެއެވެ.

އެކައުންޓް ނަންބަރ: 7730000021046

އެކައުންޓްގެ ނަން: މުޙައްމަދު އިޝާން

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރއވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

މިލިޔުމަށް ޙިޔާލު ފާޅުކުރައްވާ

3 ޙިޔާލު - "ތުއްތު އީތަން އަށް އެހީތެރިކަމެއް ދެއްވާ!"


ކިޔުންތެރިއެއް
Heyoedhey
30 ދުވަސް 6 ގަޑިއިރު ކުރިން

Adk ga innavaa doctor eh dhehvaane aasandha. India ge kochinga hunna Amrita hospital in kohdheyne varah rangalhah.

ކިޔުންތެރިއެއް
Ne
30 ދުވަސް 6 ގަޑިއިރު ކުރިން

Hulhumale hosital ga inna Dr gor aky thiyakahala operation thakah v kaamiyaabu v molhu dr eh. Alhugandu lolun dhekunin

ކިޔުންތެރިއެއް
Heyo edhey faraathrh
26 ދުވަސް 17 ގަޑިއިރު ކުރިން

Ehves molheh nun dr gor eh ena kohfa huri gina operation thakufe sababun v guna myhunah umutu dhuavhu dhathuthakaa kurimathi laan jehifa ebahri alhugandu mi eygen ekaku with experience mi bunii

 
Close