ހާއްސަ ލިޔުންޙަބަރު

އާތު އަވަރ ފާހަގަ ކުރުމުގެ ގޮތުން އުނގޫފާރުގައި މަގުބައްތިތައް ނިވާލަނީ

އާތު އަވަރ

މިރޭ 20:30 ން 21:30 އަށް ފާހަގަކުރާ އާތުއަވަރ “ދުނިޔެއަށްޓަކައި އެއްގަޑިއިރު” ހަރަކާތުގައި ބައިވެރި ވުމުގެ ގޮތުން އުނގޫފާރުގެ މަގުމަތީގައި ދިއްލާފައިހުރި މަގުބައްތިއައް ނިވާލާނެ ކަމަށް އުނގޫފާރު ކައުންސިލުން ބުނެފިއެވެ.

އުނގޫފާރު ޑޮޓްކޮމް އަށް މައުލޫމާތު ދެއްވަމުން އުނގޫފާރު ކައުންސިލްގެ ނައިބްރައީސް އަލްފާޟިލް މުހައްމަދު އަފްލާހް ވިދާޅުވީ މިހަރަކާތުގައި ބައިވެރިވުމުގެ ގޮތުން ކައުންސިލުން ކުރާއެއްމެ މުހިއްމު ކަމަކީ މަގުބައްތިތައް އެވަގުތުގައި ނިވާލުން ކަމަށެވެ. އޭގެ އިތުރުން ކައުންސިލް އިދާރާއާއި ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ތަންތަނުން އެވަގުތު ވީހާވެސް ގިނަ ބޮކި ހޮޅިބުރިތައްނިވާ ކަރަންޓް ބޭނުންކުރާ މިންވަރު ދައްކުރާނެކަމަށެވެ.

އާތު އަވާގައި އެއް ގަޑިއިރަށް ލައިޓްތައް ނިއްވާލާނެ އެވެ. ތިމާވެއްޓަށް ގެއްލުން ހުރި ހަކަތަ ބޭނުންކުރުން މަދުކުރުމުގެ ކެމްޕޭނެއްގެ ގޮތުން ކޮންމެ އަހަރަކު ވެސް ފާހަގަކުރާ “އާތު އަވާ”ގެ ރަސްމީ ހަރަކާތް ރާއްޖޭގައި މި އަހަރު ކުރިއަށްދާނީ އައްޑޫސިޓީ ގައެވެ. މިއީ ރާއްޖޭގައި މި ހަރަކާތް ބާއްވާ 10 ވަނަ އަހަރެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

މިލިޔުމަށް ޙިޔާލު ފާޅުކުރައްވާ

މިލިޔުމަށް ޙިޔާލުފާޅުކުރައްވާ ފުރަތަމަ ފަރާތަށް ވެލައްވާ!


 

ކިޔާލުން ރަނގަޅު

Close
Close