ހާއްސަ ލިޔުންޙަބަރު

އާތު އަވަރ ގައި ބައިވެރިވީ އުނގޫފާރު ކައުންސިލުން އެކަނި

އާތު އަވަރ

ރޭ 20:30 ން 21:30 އަށް ފާހަގަކުރި އާތުއަވަރ “ދުނިޔެއަށްޓަކައި އެއްގަޑިއިރު” ހަރަކާތުގައި އުނގޫފާރުން ބައިވެރިވެފައިވަނީ އުނގޫފާރު ކައުންސިލުން އެކަނިކަމަށް ފާހަގަ ކުރެވިއްޖެއެވެ.

އުފާނިއުސް ޓީމުން ރޭ 20:30 ން 21:30 އަށް އުނގޫފާރުގެ ހުރިހައި ސަރަހައްދެއް ހިމެނޭގޮތުން ބެލިބެލުމުގައި އުނގޫފާރު ކައުންސިލް ފިޔަވައި އުނގޫފާރު ގައިހުރި ދައުލަތާއި ސަރުކާރާއި އަމިއްލަ އެއްވެސްތަނަކުން މިކަމުގައި ބައިވެރިވުމުގެ ގޮތުން ކަރަންޓް ބޭނުންކުރާމިންވަރު މަދުކޮށްފައިވާ ކަން ފާހަގަ ކުރެވިފައެއް ނުވެއެވެ.

އުނގޫފާރު ކައުންސިލުން ވަނީ އެކައުންސިލުން ކުރިން އިއުލާނުކޮށްފައިވާ ގޮތަށް އުނގޫފާރުގެ މަގުމަތީގައި ދިއްލާފައިހުރި މަގުބައްތިތަކާއި ބަނދަރާއި އަދި ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ތަންތަނުން ވީހާވެސް ގިނަ ބޮކި ހޮޅިބުރިތައްނިވާ ކަރަންޓް ބޭނުންކުރާ މިންވަރު ދައްކޮށްފައެވެ.

އާތު އަވާގައި އެއް ގަޑިއިރަށް ލައިޓްތައް ނިއްވާލާނެ އެވެ. ތިމާވެއްޓަށް ގެއްލުން ހުރި ހަކަތަ ބޭނުންކުރުން މަދުކުރުމުގެ ކެމްޕޭނެއްގެ ގޮތުން ކޮންމެ އަހަރަކު ވެސް ފާހަގަކުރާ “އާތު އަވާ”ގެ ރަސްމީ ހަރަކާތް ރާއްޖޭގައި މި އަހަރު ކުރިއަށްދިޔައީ އައްޑޫސިޓީ ގައެވެ. މިއީ ރާއްޖޭގައި މި ހަރަކާތް ބާއްވާ 10 ވަނަ އަހަރެވެ.

 

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

މިލިޔުމަށް ޙިޔާލު ފާޅުކުރައްވާ

1 ޙިޔާލު - "އާތު އަވަރ ގައި ބައިވެރިވީ އުނގޫފާރު ކައުންސިލުން އެކަނި"


ކިޔުންތެރިއެއް
ބަދަތްވެއް
5 މަސް 24 ދުވަސް ކުރިން

އާތް އަވާގައި ބައިވެރިވާންވީވެސް ކައުންސިލުން އެކަނި . ކައުންސިލުންވިއްޔަ އިންޖީނުގެ ހިންގަނީ އެއްގަޑިއިރައް އިންޖީނު ނިވާލީމަ ހުރިހާ އެންމެނައް ބައިވެރިވެވުނީ ވަރަށް ސަލާން އެހެންނޫނަސް މިދުވަސް ކޮޅު މިއުޅެނީ މުޅިންވެސް އާތް އަވާ ފާހަގަ ކުރުމުގާ އިރުކޮޅުކޮޅާ އެބަ ކަރަންޓް ދޭވިއްޔަ

 
Close