
މުރަވަންދޫގައި ތަރައްޤީކޮށް ނިމެމުންދާ “ޖޯލި” ރިސޯޓަށް މުވައްޒަފުން ހޯދުމަށް ހިންގާ ހަރަކާތުގެ ތެރެއިން “ރެކްރޫޓްމެންޓް ޑޭ” އޭއް މާލޭގައި އަދި ރ އުނގޫފާރުގައި ބޭއްވުމަށް އަންނަނީ ތައްޔާރުވަމުންނެވެ.
ޖޯލި ރިސޯޓުން މީޑިއާއަށް މައުލޫމާތު ހިއްސާކޮށްފައިވާ ގޮތުން ފުރަތަމަ ހަރަކާތް އޮންނާނީ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ރ އުނގޫފާރުގައެވެ. އުނގޫފާރުގައި މި ހަރަކާތް އޮންނާނީ ޖަމިއްޔަތުއްސައިފްގެ އިދާރީ މަރުކަޒުގައި ހެނދުނު 09:00 އިން ހަވީރު 05:00 އަށެވެ. އޭޕްރީލް މަހުގެ ހަ ވަނަ ދުވަހު މާލޭގައި މި ހަރަކާތް އޮންނާނީ ރަށްދެބައިމަގުގައި ހުންނަ ޗަމްޕާ ސެންޓްރަލް ހޮޓެލްގައި ހެނދުނު 09:00 އިން 05:00 އެވެ.
ޖޯލި ރިސޯޓުގައި ވަޒީފާގެ ފުރުސަތު އޮތް ކެޓަގަރީތަކުގެ ތެރޭގައި
- ފައިނޭންސް ދާއިރާ
- ހައުސްކީޕިންގ ދާއިރާ
- ފްރޮންޓް އޮފީސް ދާއިރާ
- ހިއުމަން ރިސޯސަސް ދާއިރާ
- ރިކްރިއޭޝަން ދާއިރާ
- ރީޓެއިލް ދާއިރާ
- ސެކިއުރިޓީ ދާއިރާ
- ސްޕާ
- ލޭންޑްސްކޭޕް ދާއިރާ
- މެއިންޓެނަންސް ދާއިރާ
- ބަދިގެ
- ފުޑް އެންޑް ބެވަރެޖެސް ދާއިރާ
- މާކެޓިން އެންޑް ރިޒަވޭޝަންސް ދާއިރާ

މައުލޫމާތު ލިބިފައިވާގޮތުން މުސާރައަކާއި ސާވިސް ޗާޖުގެ އިތުރުން ފެންވަރު ރަނގަޅު އެކޮމޮޑޭޝަން އަދި ސްޓާފުންނަށް ހާއްސަ ރެކްރިއޭޝަން ފެސިލިޓީސްތައް މިރިސޯޓްގައި ވަނީ ޤާއިމުކުރެވިފައެވެ. ރ މުރަވަންދޫގައި ހުޅުވުމަށް ތައްޔާރުވަމުން އަންނަ މިރިސޯޓަކީ އަލްޓްރާ ލަގްޒަރީ ކެޓަގަރީގެ ރިސޯޓެކެވެ. މި އަހަރުގެ ފަހު ކުއާޓަރުގައި ހުޅުވުމަށް އަންނަނީ ތައްޔާރުވަމުންނެވެ.
މިލިޔުމަށް ޙިޔާލު ފާޅުކުރައްވާ
މިލިޔުމަށް ޙިޔާލުފާޅުކުރައްވާ ފުރަތަމަ ފަރާތަށް ވެލައްވާ!