ޙަބަރުރ.އަތޮޅުވިޔަފާރިމުނިފޫހި ފިލުވުން

އެއްމިލިއަން ރުފިޔާގެ އަގުހުރި މައިޒާން ތަރައްޤީ ކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

އުނގޫފާރު ކައުންސިލު

ތަފާތު އެކިބޭނުންތަކުގައި އުނގޫފާރަށް ޒިޔާރަތްކުރާ ފަރާތްތަކާއި އަދި އުނގޫފާރުގައި ދިރިއުޅޭ ފަރާތްތަކުގެ ބޭނުމަށް އުނގޫފާރުގައި ތަރައްޤީކުރާ މައިޒާން ތަރައްޤީ ކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މައިޒާނެއް ތަރައްޤީ ކޮށްދޭނެ ފަރާތެއް ހޯދުމަށް އުނގޫފާރު ކައުންސިލުން ދެވަނަ ފަހަރަށް ކުރި އިއުލާނަށް ކުރިމަތިލީ ހަތަރު ފަރާތުގެ ތެރެއިން މިޕްރޮޖެކްޓް ކާމިޔާބުކޮށް އުނގޫފާރުގައި މިމައިޒާން ތަރައްޤީ ކުރަނީ ބްލޫފީލްޑް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްންނެވެ.

މިއެއްބަސްވުމުގައި ސޮއިކުރުން އޮތީ މިދިޔަ ބުރާސްފަތިދުވަހު އުނގޫފާރު ކައުންސިލްގެ އިދާރާގައެވެ. މިއެއްބަސްވުމުގައި އުނގޫފާރު ކައުންސިލްގެ ފަރާތުން ސޮއިކުރީ އުނގޫފާރު ކައުންސިލްގެ ރައީސް އަލްފާޟިލް އަބްދުއްނާސިރުއަލީއެވެ. ބްލޫފީލްޑް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރީ އެކުންފުނީގެ މެނޭޖިން ޑައިރެކްޓްރ އަލްފާޟިލް އަހުމަދު އާތިފްއެވެ.

މައިޒާނުގެ ކުރެހުމެއް

އުނގޫފާރު ޑޮޓްކޮމްއަށް މައުލޫމާތު ދެއްވަމުން އުނގޫފާރު ކައުންސިލްގެ ނައިބްރައީސް އަލްފާޟިލް މުހައްމަދު އަފްލާހު ވިދާލުވީ އުނގޫފާރު ޕޮލިސް ސްޓޭޝަންގެ ދެކުނުން އޮތްބިމުގައި ތަރައްޤީކުރާ މިމައިޒާނުގައި ކުޑަކުދިންގެ ޕާކަކާއި ބާބެކިއު އޭރިއާއެއް ހިމެނޭ ގޮތަށް ތަރައްޤީކުރާ މިމައިޒާނުގައި ނަމާދުކުރާނެ ތަނަކާއި ފާހާނާއާއި ޅަދަރިމައިންނަށް ހާއްސަކުރެވިފައިވާ ބައެއްގެ އިތުރުން ހަނދާނީ ދެ ބިނާއެއް ހުންނާނެކަމަށެވެ.

މިމައިޒާން ތަރައްޤީކޮށް ބެލެހެއްޓުމުގެ ބަދަލެއްގެ ގޮތުން ކުއްޔަކާއި ނުލާ 10 އަހަރުގެ މުއްދަތައް އުނގޫފާރު މަހަލްގޭގެ ދެކުނުގައިވާ 1600 އަކަފޫޓްގެ ބިން ދޫކުރުމަށް  އުނގޫފާރު ކައުންސިލުން ވަނީ ނިންމާފައެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

މިލިޔުމަށް ޙިޔާލު ފާޅުކުރައްވާ

މިލިޔުމަށް ޙިޔާލުފާޅުކުރައްވާ ފުރަތަމަ ފަރާތަށް ވެލައްވާ!


 

ކިޔާލުން ރަނގަޅު

Close
Close