ޙަބަރު

އެމްއެންޑީއެފް ހެލިކަޕްޓަރުގެ ވައިން އުނގޫފާރު ފުޓުބޯޅަ ދަނޑުގެ ބޯޅަ ގޭގެ ފުރާޅު އެއްލާލައިފި

ބަލި މީހަކު ބަލާ އުނގޫފާރަށް ޖެއްސި އެމްއެންޑީއެފްގެ ހެލިކަޕްޓަރުގެ ވައިން އުނގޫފާރު ފުޓްބޯޅަ ދަނޑުގެ ބޯޅަގެ އާއި ޗޭންޖިން ރޫމްގެ ފުރާޅުގެ ޓީނުތައް އުކާލާއިފިއެވެ. މިހާދިސާ ހިނގާފައި ވަނީ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުން ދިޔަ ބަލި މީހަކު އެމަޖެންސީގައި މާލެ ގެންދިއުމަށް އެހީތެރުވުމަށް އައި އެމްއެންޑީއެފްގެ ހެލިކަޕްޓަރ އުނގޫފާރު ފުޓްބޯޅަ ދަނަޑަށް ޖައްސަން އުޅުމުގެ ތެރޭގައެވެ.

އުނގޫފާރު ފުޓްބޯޅަ ދަނޑަށް އެމްއެންޑީއެފް ހެލިކަޕްޓަރު ޖައްސާފައި

އުނގޫފާރަށް ޖައްސާ ހެލިކަޕްޓަރު އަބަދުވެސް ޖައްސަނީ އުނގޫފާރު ފުޓްބޯޅަ ދަނޑުގެ މެދަށެވެ. މަންޒަރު ދުއް މީހަކު އުނގޫފާރު.ކޮމް އަށް މަޢުލޫމާތު ދިން ގޮތުގައި މިފަހަރު ހެލިކަޕްޓަރު ތިރިކޮށްފައި ވަނީ ބޯޅަދަނޑުގެ ހުޅަނގު ފަޅިން ބޯޅަގެއާ ދިމާލުން ކަމަށެވެ.

މި ހާދިސާގައި ބޯޅަގޭގެ އިތުރުން ޗޭންޖިން ރޫމްގެ ފުރާޅުގެ ޓިނުތައް ވެސް ވަނީ ނައްޓައިގެން ގޮސްފައެވެ. މި ހާދިސާ ހިނގި ސަރަހައްދުގައި ފުލުހުން މިހާރު އަންނަނީ ހަރަކާތްތެރިވަމުންނެވެ.

 

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރއވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

Leave a Reply

2 Comments on "އެމްއެންޑީއެފް ހެލިކަޕްޓަރުގެ ވައިން އުނގޫފާރު ފުޓުބޯޅަ ދަނޑުގެ ބޯޅަ ގޭގެ ފުރާޅު އެއްލާލައިފި"


Guest
މައިށާ
8 months 16 days ago

މެންބަރު ކޮބާ؟ ވާންއުޅޭ މެންބަރަށް ގުޅަމާ

Guest
މުގުރި މޫސަ
8 months 16 days ago

ފުޓްބޯޅަ މުބާރާތް ސުޕޮންސަރ ވިލުބާނި ލޯންޗު ކޮބާ؟ އެމީހުން ތިތަން ހަދާދޭނެ. އަވަހަށް ކެޕްޓަން ފަތޯއަށް ގުޅާ.

 
Close