ޙަބަރުރ.އަތޮޅު

ފުލުހުންގެ 85 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި އުނގޫފާރުގައިވެސް ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވައިފި

އުނގޫފާރު ޕޮލިސް

ދިވެހި ފުލުހުންގެ 85 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި އުނގޫފާރުގައިވެސް ދިދަނެގުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.  އަދި މިރަސްމިއްޔާތު މާލެއާއި އަތޮޅުތަކުގައި، ޤާއިމްކޮށްފައި ހުރި ފުލުހުންގެ މަރުކަޒުތަކުގައިވެސް ވަނީ ބާއްވާފައެވެ.

މިއަދު ހެނދުނު 8:00 ގައި އުނގޫފާރުގައި ބޭއްވި ދިދަނެގުމުގެ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ މެނޭޖަރ އަލްފާޟިލާ ސީޒާ އިބްރާހީމްއެވެ. ފުލުހުންގެ މައި މަރުކަޒު، ޝަހީދު ހުސައިން އާދަމް ބިލްޑިންގ ކުރިމަތީގައި ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ މިނިސްޓަރ އޮފް ހޯމް އެފެއާޒް އަޒްލީން އަޙްމަދެވެ.

މާލޭގައި ބޭއްވި ދިދަ ނެގުމުގެ މި ރަސްމިއްޔާތުގައި އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސް، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ނަވާޒާއި ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި އިސް އޮފިސަރުންނާއި ގިނަ ޢަދަދެއްގެ ފުލުހުންނާއި އާއްމު މުވައްޒަފުން ބައިވެރިވިއެވެ. ކީރިތި ޤުރްއާނުގެ ބަރަކާތުން ފެށިގެންދިޔަ މި ރަސްމިއްޔާތުގައި ދިދަ ނެގުމަށްފަހު، ފުލުހުންގެ ޢަޒުމް ކިޔުމާއި ދުވަހާއި ގުޅޭގޮތުން ޚާއްޞަ ދުޢާއެއް ކޮށްފައިވެއެވެ. ފުލުހުންގެ ޢަޒުމް އިސްވެ ވިދާޅުވެދެއްވީ ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢަބްދުﷲ ޝަރީފެވެ. އަދި ދުވަހާއި ގުޅިގެން ތައްޔާރުކޮށްފައިވާ ޚާއްޞަ ދުޢާ އިސްވެ ވިދާޅުވެދެއްވީ ސަބް އިނިސްޕެކްޓަރ އޮފް ޕޮލިސް ޑރ. އިބްރާހީމް ސަޢީދެވެ.

މާލޭގައި ބޭއްވި މި ރަސްމިއްޔާތުގެ އިތުރުން، ރާއްޖޭގެ 7 ޑިވިޝަންގައި ފުލުހުންގެ ޚިދުމަތް ޤާއިމްކޮށްފައިވާ ޕޮލިސް ސްޓޭޝަންތަކުގައިވެސް ދިދަ ނެގުމުގެ ރަސްމިއްޔާތުތައް ބާއްވާފައިވެއެވެ. ،މިރަސްމިއްޔާތުތަކުގައި އެރަށްރަށުގައި ހުރި ސަރުކާރު އެކި މުއައްސަސާތަކުގެ އިސްވެރިންނާއި އެތަންތަނުގައި މަސައްކަތްކުރާ މުވައްޒަފުންނާއި ޕޮލިސް ސްޓޭޝަންތަކުގައި މަސައްކަތްކުރާ ފުލުހުން ބައިވެރިވެފައިވެއެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

މިލިޔުމަށް ޙިޔާލު ފާޅުކުރައްވާ

މިލިޔުމަށް ޙިޔާލުފާޅުކުރައްވާ ފުރަތަމަ ފަރާތަށް ވެލައްވާ!


 

ކިޔާލުން ރަނގަޅު

Close
Close