ޙަބަރުރ.އަތޮޅުވިޔަފާރި

އުނގޫފާރު ރައްޔިތުންގެ ވިޔަފާރިން ކުރާ ވިޔަފާރިއަށް މިއަދުންފެށިގެން ޑިސްކައުންޓް ދެނީ

އުނގޫފާރު ރައްޔިތުންގެ ވިޔަފާރި

އުނގޫފާރު ރައްޔިތުންގެ ވިޔަފާރިން ކުރާވިޔަފާރިއަށް މިއަދުންފެށިގެން ޑިސްކައުންޓް ދޭން ފަށައިފިއެވެ. މިވަގުތު ޑިސްކައުންޓް ދޭންފަށާފައިވަނީ އިމާރާތް ކުރުމަށް ބޭނުންވާ ބައެއް ތަކެތިންނާއި ޕެޓްރޯލުންނެވެ.

އުނގޫފާރު ޑޮޓްކޮމްއަށް މައުލޫމާތު ދެއްވަމުން އުނގޫފާރު ރައްޔިތުންގެ ވިޔަފާރީގެ މެނޭޖަރ އިބްރާހީމް ޒަޔާން ވިދާޅުވީ މީގެކުރިން މިވިޔަފާރިން ޑިސްކައުންޓެއް ނުދޭކަމަށެވެ. ކޮންމެމުދަލެއްގެ އަގުހުންނާނީ ޑިސްކައުންޓް ރޭޓުގައި ނަމަވެސް މިގެނައި ބަދަލާގުޅިގެން އިމާރާތް ކުރުމަށްބޭނުންވާ ބައެއް ތަކެއްޗާއި ޕެޓްރޯލުން ޑިސްކައުންޓް ދޭން ފަށާފައިވާ ކަމަށެވެ. އަދި މިވަގުތު ބައެއްމުދަލުން ޑިސްކައުންޓް ދިންކަމުގައި ވިއަސް އަމާޒަކީ ކުރިއަށްއޮތްތަނުގައި ހުރިހައި މުދަލަކުންވެސް ޑިސްކައުންޓް ދިނުން ކަމަށެވެ. އަދި މިބަދަލު މިގެނައީ ވަރަށްގިނަ ކަސްޓަމަރުންގެ ރިކުއެސްޓްތަކަށް ބަލާފައި އަދި ކައުންސިލުން ވިޔަފާރިއަށް ކަނޑައަޅާފައިހުންނެވި ނައިބް ރައީސް މުހައްމަދު އަފްލާހު އާއިވެސް މަޝްވަރާކުރުމަށްފަހު ކަމަށެވެ.

އުނގޫފާރު ރައްޔިތުންގެ ވިޔަފާރިން ވިއްކާ މުދަލުގެ ތެރޭގައި ބާވަތްތަކާއި ހާޑްވުޑް، ރެޑްމެރެންޓީ، ޕައިންވުޑް، އެކި ސައިޒުގެ ފްލައިވުޑް، އެކިވައްތަރުގެ ފަރުނީޗަރު ބޯޑާއި ޓީކް ގެ އިތުރުން ފެންސީ އާއި ޖިގްސަމްބޯޑާއި އެކިސައިޒުގެ ދަގަނޑު ހިލަ ހިލަވެލި ސިމެންތި އާއި އައުޓުބޯޑް ސްޕެއަރ އާއި ތެޔޮ ހިމެނެއެވެ.

އުނގޫފާރު ރައްޔިތުންގެ ވިޔަފާރިއަކީ  އުނގޫފާރު ރައްޔިތުންގެ އިތުރުން ރ އަތޮޅުގެ ގިނަބަޔަކުގެ މެދުގައި ބޮޑު މަޤުބޫލުކަމެއް ހޯދާފައިވާ އަދި ގިނަބަޔަކު ވިޔަފާރި ކުރަމުން އަންނަ ފިހާރައެކެވެ. މިވިޔަފާރިއަކީ 2003 ވަނަ އަހަރުން ފެށިގެން އުނގޫފާރު އޮފީހުން/ކައުންސިލުން ކުރަމުން އަންނަ ވިޔަފާރިއެކެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރއވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

މިލިޔުމަށް ޙިޔާލު ފާޅުކުރައްވާ

މިލިޔުމަށް ޙިޔާލުފާޅުކުރައްވާ ފުރަތަމަ ފަރާތަށް ވެލައްވާ!


 
Close