ޙަބަރުރ.އަތޮޅުވިޔަފާރި

މުރަވަންދޫގައި ހުޅުވާ “ޖޯލި” ރިސޯޓުގެ “ރެކްރޫޓްމެންޓް ޑޭ” ފެށިގެން ކުރިއަށްދަނީ

ޖޯލި ރިސޯޓް

މުރަވަންދޫގައި ތަރައްޤީކޮށް ނިމެމުންދާ “ޖޯލި” ރިސޯޓަށް މުވައްޒަފުން ހޯދުމަށް ހިންގާ ހަރަކާތުގެ ތެރެއިން އުނގޫފާރުގައި ކުރިއަށްގެންދާ “ރެކްރޫޓްމެންޓް ޑޭ” ފެށިގެން ކުރިއަށްއެބަދެއެވެ.

އުނގޫފާރު ޖަމްއިއްޔަތުއްސައިފްގެ ހޯލުގައި ކުރިއަށްދާ މިހަރަކާތް މިއަދު ހަވީރު 17:00 އާހަމައަށް ކުރިއަށްދާނެ ކަމަށް މައުލޫމާތު ލިބެއެވެ.

ޖޯލި ރިސޯޓުން މީޑިއާއަށް މައުލޫމާތު ހިއްސާކޮށްފައިވާ ގޮތުން ދެވަނަ ހަރަކާތް އޮންނާނީ އޭޕްރީލް މަހުގެ ހަ ވަނަ ދުވަހު މާލޭގައި މި ހަރަކާތް އޮންނާނީ ރަށްދެބައިމަގުގައި ހުންނަ ޗަމްޕާ ސެންޓްރަލް ހޮޓެލްގައި ހެނދުނު 09:00 އިން 05:00 އެވެ.

ޖޯލި ރިސޯޓުގައި ވަޒީފާގެ ފުރުސަތު އޮތް ކެޓަގަރީތަކުގެ ތެރޭގައި

  1. ފައިނޭންސް ދާއިރާ
  2. ހައުސްކީޕިންގ ދާއިރާ
  3. ފްރޮންޓް އޮފީސް ދާއިރާ
  4. ހިއުމަން ރިސޯސަސް ދާއިރާ
  5. ރިކްރިއޭޝަން ދާއިރާ
  6. ރީޓެއިލް ދާއިރާ
  7. ސެކިއުރިޓީ ދާއިރާ
  8. ސްޕާ
  9. ލޭންޑްސްކޭޕް ދާއިރާ
  10. މެއިންޓެނަންސް ދާއިރާ
  11. ބަދިގެ
  12. ފުޑް އެންޑް ބެވަރެޖެސް ދާއިރާ
  13. މާކެޓިން އެންޑް ރިޒަވޭޝަންސް ދާއިރާ

 

މައުލޫމާތު ލިބިފައިވާގޮތުން މުސާރައަކާއި ސާވިސް ޗާޖުގެ އިތުރުން ފެންވަރު ރަނގަޅު އެކޮމޮޑޭޝަން އަދި ސްޓާފުންނަށް ހާއްސަ ރެކްރިއޭޝަން ފެސިލިޓީސްތައް މިރިސޯޓްގައި ވަނީ ޤާއިމުކުރެވިފައެވެ. ރ މުރަވަންދޫގައި ހުޅުވުމަށް ތައްޔާރުވަމުން އަންނަ މިރިސޯޓަކީ އަލްޓްރާ ލަގްޒަރީ ކެޓަގަރީގެ ރިސޯޓެކެވެ. މި އަހަރުގެ ފަހު ކުއާޓަރުގައި ހުޅުވުމަށް އަންނަނީ ތައްޔާރުވަމުންނެވެ.

އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

މިލިޔުމަށް ޙިޔާލު ފާޅުކުރައްވާ

މިލިޔުމަށް ޙިޔާލުފާޅުކުރައްވާ ފުރަތަމަ ފަރާތަށް ވެލައްވާ!


 

ކިޔާލުން ރަނގަޅު

Close
Close