ޙަބަރު

އުނގޫފާރު ކައުންސިލްގެ ރޯދަ ހަދިޔާ! ކަރަންޓް މިފަހަރުވެސް ހިލޭ!

އުނގޫފާރު ކައުންސިލް

ފާއިތުވެ ދިޔަ ރޯދަމަސް ފަދައިން މި އަންނަ ރޯދަ މަހުވެސް އުނގޫފާރުގެ ގޭބީސީ ތަކަށް މުޅިން ހިލޭ ކަރަންޓު ދޭން އުނގޫފާރު ކައުންސިލުން ނިންމައިފިއެވެ. އުނގޫފާރު ކައުންސިލުން މި ގޮތަށް ނިންމާފައި ވަނީ އިއްޔެ ބޭއްވި ކައުންސިލްގެ ބައްދަލުވުމެއްގައެވެ.

އުނގޫފާރު ޑޮޓްކޮމް އަށް މައުލޫމާތު ދެއްވަމުން އުނގޫފާރު ރައްޔިތުންގެ އިންޖީނުގޭގެ މެނޭޖަރ އަހުމަދު އަބްދުއްޝަކޫރު ވިދާޅުވީ ކައުންސިލުން ނިންމާފައި ވަނީ މި ފެށޭ ރޯދަމަހާއި 6 ރޯދައިގެ ދުވަސްތައް ހިމެނޭ ގޮތަށް ރޯދަމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ޖޫން 30 ވަނަ ދުވަހުގެ ނިޔަލަށް އުނގޫފާރުގެ ހުރިހާ ގޭބީސީ ތަކުން ބޭނުން ކުރާ ކަރަންޓަށް އެއްވެސް އަގެއް ނުނެގުމަށެވެ. މެނޭޖަރު އަހުމަދު ވިދާޅުވި ގޮތުގައި މި ދުވަސްތަކުގައި އުނގޫފާރު ގޭބީސީ ތަކުން ބޭނުން ކުރާނެ ކަމަށް ލަފާ ކުރެވޭ ކަރަންޓްގެ އަގަކީ 450،000ރ އެވެ.

އުނގޫފާރު ކައުންސިލުން މައުލޫމާތު ދޭ ގޮތުގައި ކައުންސިލުން މި ގޮތަށް ނިންމާފައި ވަނީ ރޯދަ މަހަކީ އާންމުކޮށް ހަރަދުތައް ބޮޑުވެގެންދާ މަހެއް ކަމުން ރައްޔިތުންގެ ޖީބަށް ލުއިކޮށް ދިނުމުގައި ކައުންސިލުން އެހީތެރިވެ ދިނުމަށެވެުންސިލުން އެހީތެރިވެ ދިނުމަށެވެރ އަހުމަދު އަބްދުއްޝަކޫރު.

އުނގޫފާރު ކައުންސިލުން ވަނީ މި ދިޔަ ދެ އަހަރުވެސް ކަރަންޓް ހިލޭދީފައެވެ. އެގޮތުން މިދިޔަ އަހަރު ރޯދަ މަހާ ދިމާކޮށް ރޯދަމަހާއި 6 ރޯދައިގެ ދުވަސްތައް ހިމެނޭ ގޮތަށް މެއި މަހުގެ 27 ވަނަ ދުވަހުން ފެށިގެން ޖުލައި 30 ވަނަ ދުވަހުގެ ނިޔަލަށް ހުރިހާ ގޭބީސީ ތަކަށް ހިލޭ ކަރަންޓް ފޯރުކޮށްދީފައެވެ.

 

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

މިލިޔުމަށް ޙިޔާލު ފާޅުކުރައްވާ

2 ޙިޔާލު - "އުނގޫފާރު ކައުންސިލްގެ ރޯދަ ހަދިޔާ! ކަރަންޓް މިފަހަރުވެސް ހިލޭ!"


ކިޔުންތެރިއެއް
Mariyam
3 މަސް 13 ދުވަސް ކުރިން

Ungoofaaru raiyithuah karantaai dhen huri vaseelathaves dheveyne….ungoofaaru raiyithunge Gina aamdhani vana gothah hurry….ehhen veymaa dheveyne dhw…..ehkam saaf nuvaa thakolhaki council in kohdhey bunaathyve….councilerunge jeebun thoharadhu kuranyyy

ކިޔުންތެރިއެއް
Aamaal
3 މަސް 15 ދުވަސް ކުރިން

Thiyaee haadhahaaa vaaa rangalhu council ekey. Dheravany mi raa.meedhoo’gai thiyavaruge heyo lueh dheyn councill in nuvisnaaa thy

 
Close