ޙަބަރު

“އުފާ ރޯދަ ކުއިޒް” މިއަހަރުވެސް އޮންނާނެ

އުފާ ރޯދަ ކުއިޒް 1439

އުފާއިން އިންތިޒާމްކޮށްގެން ކޮންމެ ރޯދަމަހަކު “އުނގޫފާރު ޑޮޓްކޮމް” މެދުވެރިކޮށް ކުރިއަށްގެންދާ އޮންލައިން ދީނީ ސުވާލު މުބާރާތް “އުފާ ރޯދަ ކުއިޒް” މިއަހަރުވެސް އޮންނާނެވެ.

މި ކުއިޒުގައި ރޯދަމަހުގެ ކޮންމެ ދުވަހަކު އުނގޫފާރު ޑޮޓްކޮމްގައި 1 ސުވާލު ޝާއިރު ކުރެވޭނެއެވެ. އެއީ މުޅި ރޯދަ މަހަށް 30 ސުވާލެވެ. މި ކުއިޒްގައި ބައިވެރިވެވޭނީ “އުނގޫފާރު ޑޮޓްކޮމް” ވެބްސައިޓް މެދުވެރިކޮށް އޮންލައިންކޮށެވެ.

މި ކުއިޒަކީ އުފާއިން އުނގޫފާރު ރައްޔިތުނާއި އަދި އުނގޫފާރު ޑޮޓްކޮމްގެ ކިއުންތެރިންގެ މެދުގައި ދީނީ ހޭލުންތެރިކަމާއި މައުލޫމާތު އިތުރުކުރުމުގެ މަޤުސަދުގައި ކުރިއަށް ގެންދާ ކުއިޒެކެވެ.

މިދިޔަ އަހަރުގެ މުބާރާތުގެ ސުވާލުތަކަށް 131 ނަންބަރަކުން ޖަވާބު ފޮނުވާފައިވެއެވެ. އޭގެ ތެރެއިން 12 ބައިވެރިޔަކު ވަނީ 28 ސުވާލުގެ ރަނގަޅު ޖަވާބު ފޮނުވާފައެވެ. 7 ބައިވެރިން ވަނީ 27 ސުވާލުގެ ރަނގަޅު ޖަވާބު ފޮނުވާފައެވެ. 6 ބައިވެރިޔަކު 26 ސުވާލުގެ ރަނގަޅު ޖަވާބު ފޮނުވާފައި ވެއެވެ.

މިކުއިޒް މިދިޔަ އަހަރު ގެނެސްދީފައިވަނީ މެޓްރޯ ހާޑްވެއަރގެ ހެޔޮއެދުންތަކާއެކުގައެވެ.

އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

މިލިޔުމަށް ޙިޔާލު ފާޅުކުރައްވާ

1 ޙިޔާލު - "“އުފާ ރޯދަ ކުއިޒް” މިއަހަރުވެސް އޮންނާނެ"


ކިޔުންތެރިއެއް
Nady
11 ދުވަސް 19 މިނެޓު ކުރިން

Vr baraabaru

 

ކިޔާލުން ރަނގަޅު

Close
Close