ޙަބަރު

“އުފާ ރޯދަ ކުއިޒް 1439” ސްޕޮންސަރ ކުރުމުގެ ފުރުސަތު ހުޅުވާލައިފި

އުފާ ރޯދަ ކުއިޒް 1439

އުފާއިން އިންތިޒާމްކޮށްގެން ކޮންމެ ރޯދަމަހަކު “އުނގޫފާރު ޑޮޓްކޮމް” މެދުވެރިކޮށް ކުރިއަށްގެންދާ އޮންލައިން ދީނީ ސުވާލު މުބާރާތުގެ މިއަރުގެ މުބާރާތް ސްޕޮންސަރ ކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި ކުއިޒްގެ ކަންތަކުގައި އިސްކޮށްއުޅުއްވާ ޝާހު އުނގޫފާރު ޑޮޓްކޮމް އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިއަހަރުގެ ކުއިޒް ސްޕޮންސަރ ކުރުމުގެ ފުރުސަތު މިކަމަށް ޝައުޤުވެރިވެލަށްވާ ކޮންމެ ފަރާތަކަށްވެސް އެބައޮތްކަމަށާއި މިފުރުސަތު މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލެވިފައިވާ ކަމަށެވެ.

“މިފުރުސަތު މިކަމަށް ޝައުޤުވެރިކަން ހުރި ކޮންމެ ފަރާތަކަށްވެސް އެބައޮތް، ޝައުޤުވެރިވާ ފަރާތްތަކުން އަޅުގަނޑު މެންނާއި ގުޅައިގެން ކުރިއަށްދާންވީ”  އުނގޫފާރު ޑޮޓް ކޮމް އަށް މައުލޫމާތު ދެއްވަމުން ޝާހު ވިދާޅުވިއެވެ. ޝާހު އިތުރަށް ވިދާޅުވީ ސްޕޮންސަރ ގޮތުގައި ނޫނަސް މިކަމަށް އެހީތެރިކަން ދެއްވަން ބޭނުންފުޅުވާ ފަރާތްތަކަށް އެފުރުސަތުވެސް އެބައޮތް ކަމަށާއި ލިބޭ އެހީތެރިކަމަށާއި ސްޕޮންސަރ އަށްބަލާފައި ކުއިޒް މުބާރާތުގައި ހޮވާ ވަނަ ތަކާއި އަދި ވަނަ ތަކަށްދޭ ފައިސާގެ އިނާމު އިތުރުކުރުމުގެ ވިސްނުން ގެންގުޅޭ ކަމަށެވެ.

ސްޕޮންސަރ އަދި އެހީތެރިކަން ދެއްވަން ބޭނުންފުޅުވާ ފަރާތްތަކުން 7915615، 7609567 އަދި 7913665 ނަމްބަރ އަށް ގުޅުއްވައިގެން ކުރިއަށް ދެވޭނެ ގޮތްވަނީ ހަމަޖެހިފައެވެ.

މި ކުއިޒުގައި ރޯދަމަހުގެ ކޮންމެ ދުވަހަކު އުނގޫފާރު ޑޮޓްކޮމްގައި 1 ސުވާލު ޝާއިރު ކުރެވޭނެއެވެ. އެއީ މުޅި ރޯދަ މަހަށް 30 ސުވާލެވެ. މި ކުއިޒްގައި ބައިވެރިވެވޭނީ “އުނގޫފާރު ޑޮޓްކޮމް” ވެބްސައިޓް މެދުވެރިކޮށް އޮންލައިންކޮށެވެ.

މި ކުއިޒަކީ އުފާއިން އުނގޫފާރު ރައްޔިތުނާއި އަދި އުނގޫފާރު ޑޮޓްކޮމްގެ ކިއުންތެރިންގެ މެދުގައި ދީނީ ހޭލުންތެރިކަމާއި މައުލޫމާތު އިތުރުކުރުމުގެ މަޤުސަދުގައި ކުރިއަށް ގެންދާ ކުއިޒެކެވެ.

މިދިޔަ އަހަރުގެ މުބާރާތުގެ ސުވާލުތަކަށް 131 ނަންބަރަކުން ޖަވާބު ފޮނުވާފައިވެއެވެ. އޭގެ ތެރެއިން 12 ބައިވެރިޔަކު ވަނީ 28 ސުވާލުގެ ރަނގަޅު ޖަވާބު ފޮނުވާފައެވެ. 7 ބައިވެރިން ވަނީ 27 ސުވާލުގެ ރަނގަޅު ޖަވާބު ފޮނުވާފައެވެ. 6 ބައިވެރިޔަކު 26 ސުވާލުގެ ރަނގަޅު ޖަވާބު ފޮނުވާފައި ވެއެވެ.

މިކުއިޒް މިދިޔަ އަހަރު ގެނެސްދީފައިވަނީ މެޓްރޯ ހާޑްވެއަރގެ ހެޔޮއެދުންތަކާއެކުގައެވެ.

 

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

Leave a Reply

Be the First to Comment!


 
Close