ޙަބަރުވިޔަފާރި

އުފާ ރޯދަ ކުއިޒް ގެ މެއިން ސްޕޮންސަރ އަކަށް “ފޮލޯމީ ހާރޑްވެއަރ” ކޯ ސްޕޮންސަރ އަކަށް “ކައިވެނިއެމްވީ ޑޮޓްކޮމް”

އުފާ ރޯދަ ކުއިޒް 1439

އުފާއިން އިންތިޒާމްކޮށްގެން “އުނގޫފާރު ޑޮޓްކޮމް” މެދުވެރިކޮށް ބާއްވާ އޮންލައިން ދީނީ ސުވާލު މުބާރާތް “އުފާ ރޯދަ ކުއިޒް 1439” ގެ މެއިން ސްޕޮންސަރަކަށް އުނގޫފާރު “ފޮލޯމީ ހާރޑްވެއަ” އަދި ކޯ ސްޕޮންސަރ އަކަށް “ކައިވެނިއެމްވީ ޑޮޓްކޮމް”  ހަމަޖެހިއްޖެއެވެ.

ފޮލޯމީ ހާޑްވެއަރ އަކީ އުނގޫފާރުގައި ހާޑްވެއަރގެ ވިޔަފާރި ފުޅާދާއިރާއެއްގައި ކުރަމުން އަންނަ ފިހާރައެކެވެ. ކައިވެނިއެމްވީ ޑޮޓްކޮމް އަކީ ދިވެހިންގެ ގިނަބައެއްގެ މެދުގައި މަޤުބޫލުކަން ހޯދަމުން އަންނަ ވެބްސައިޓެކެވެ.

މި ކުއިޒަކީ އުފާއިން އުނގޫފާރު ޑޮޓްކޮމްގެ ކިއުންތެރިންނާއި އުނގޫފާރު ރައްޔިތުންގެ މެދުގައި ދީނީ ހޭލުންތެރިކަމާއި މައުލޫމާތު އިތުރުކުރުމުގެ މަޤުސަދުގައި ކުރިއަށް ގެންދާ ކުއިޒެކެވެ.

“އުފާ ރޯދަ ކުއިޒް” މިފަހަރުގެ މެއިން ސްޕޮންސަރަކަށް އުނގޫފާރު “ފޮލޯމީ ހާޑްވެއަރ” ފިހާރަ އަދި ކޯ ސްޕޮންސަރ އަކަށް “ކައިވެނިއެމްވީ ޑޮޓްކޮމް” ހަމަޖެހުމާއި ގުޅިގެން އަޅުގަނޑުމެން އުނގޫފާރު ޑޮޓްކޮމް އާއި އުފާ  ނިއުސްޓީމްގެ ފަރާތުން ފޮލޯމީ ހާޑްވެއަރގެ މެނޭޖަރ އިބްރާހީމް މޫސާ އަށާއި އެފިހާރައިގައި މަސައްކަތްކުރާ އެއްމެހައި މުވައްޒަފުންނަށް އަދި ކައިވެނިއެމްވީ ޑޮޓްކޮމް އިސްފަރާތްތަކަށް ވަރަށް އިހްލާސްތެރިކަމާއެކު މަރުހަބާއާއި ޝުކުރު ދަންނަވަމެވެ.

އުފާ އިން މިކަމަށް އެދި ފުރުސަތު ހުޅުވާލައިފައިވަނީ މިމަހުގެ ނުވަވަނަ ދުވަހު އުނގޫފާރު ޑޮޓްކޮމް މެދުވެރިކޮށެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

މިލިޔުމަށް ޙިޔާލު ފާޅުކުރައްވާ

މިލިޔުމަށް ޙިޔާލުފާޅުކުރައްވާ ފުރަތަމަ ފަރާތަށް ވެލައްވާ!


 
Close