ޙަބަރުކުޅިވަރުވިޔަފާރި

“އުފާ މަސްރޭސް 1439” ސްޕޮންސަރ ކުރުމުގެ ފުރުސަތު ހުޅުވާލައިފި

އުފާ މަސްރޭސް 1439

އުފާއިން އިންތިޒާމްކޮށްގެން ބާއްވަމުން އަންނަ އުފާ މަސްރޭސް ސްޕޮންސަރ ކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އުނގޫފާރު ޑޮޓްކޮމް އަށް މައުލޫމާތު ދެއްވަމުން އުފާގެ ރައީސް ވިދާޅުވީ މިއަހަރުގެ މަސްރޭސް ސްޕޮންސަރ ކުރުމުގެ ފުރުސަތު މިކަމަށް ޝައުޤުވެރިވެލަށްވާ ކޮންމެ ފަރާތަކަށްވެސް އެބައޮތްކަމަށާއި މިފުރުސަތު ޖޫން މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލެވިފައިވާ ކަމަށެވެ.

“މިފުރުސަތު މިކަމަށް ޝައުޤުވެރިކަން ހުރި ކޮންމެ ފަރާތަކަށްވެސް އެބައޮތް، ޝައުޤުވެރިވާ ފަރާތްތަކުން އަޅުގަނޑު މެންނާއި ގުޅައިގެން ކުރިއަށްދާންވީ”  އުނގޫފާރު ޑޮޓް ކޮމް އަށް މައުލޫމާތު ދެއްވަމުން ޒަޔާން ވިދާޅުވިއެވެ. ޒަޔާން އިތުރަށް ވިދާޅުވީ ސްޕޮންސަރ ގޮތުގައި ނޫނަސް މިކަމަށް އެހީތެރިކަން ދެއްވަން ބޭނުންފުޅުވާ ފަރާތްތަކަށް އެފުރުސަތުވެސް އެބަދުވެސް އޮންނާނެ ކަމަށެވެ.

މަސްރޭސް ސްޕޮންސަރ ކުރުމަށް ހުޅުވާލައިފައިވާ މައިގަނޑު ބައިތަކަކީ:

  • މެއިން ސްޕޮންސަރ
  • ކޯ ސްޕޮންސަރ
  • ސައުންޑް އެންޑް ލައިޓިން
  • މީޑިޔާ ޕާޓްނަރ
  • ފޭސްބްކް ލައިވް
  • ކެންޓީން
  • އޮފިޝަލް ޑްރިންކް
  • ޕްރިންޓިން ޕާޓްނަރ

ސްޕޮންސަރ އަދި އެހީތެރިކަން ދެއްވަން ބޭނުންފުޅުވާ ފަރާތްތަކުން 7915615، 7609567 އަދި 7913665 ނަމްބަރ އަށް ގުޅުއްވައިގެން ކުރިއަށް ދެވޭނެ ގޮތްވަނީ ހަމަޖެހިފައެވެ.

 

ފާއިތުވި ތިން އަހަރުގެ މަސްރޭހުގެ މެއިން ސްޕޮންސަރ އަކީ އެލިޔާ އިންވެސްޓްމަންޓްގެ “ޔަމަހާ” ބްރޭންޑެވެ. ކޯ ސްޕޮންސަރ އަކީ ވެސްޓްބީޗް ރެސްޓޯރަންޓެވެ.

 

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރއވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

Leave a Reply

Be the First to Comment!


 
Close