ޙަބަރުކުޅިވަރު

ޕޮލިސް ޔޫތު ފުޓުސަލް ކަޕް ރޭ ފަށައިފި

އުނގޫފާރު ޕޮލސް ސްޓޭޝަން އާއި ޒުވާނުންގެ މަރުކަޒު ގުޅިގެން މި ރޯދަމަހު ކުރިއަށްގެންދާ “ޕޮލިސް ޔޫތު ފުޓުސަލް ކަޕް” ރޭ ފަށައިފިއެވެ. އުނގޫފާރު ޔޫތު ސެންޓަރުގެ ފުޓުސަލް ދަނޑުގައި ކުރިއަށްދާ މިމުބާރާތުގައި 8 ޓީމް ވާދަކުރުރެއެވެ.

ދެގުރޫޕަށް ބަހާލައިގެން ކުރިއަށްދާ މިމުބާރާތުގައި ގުރޫޕް އޭގައި ހިމެނެނީ ޔަންގް ސްޓަރ ވަން އަދި ޓޫ އާއި ވައިނޮޓް ސްޕޯރޓްސް އަދި އެފްސީ އޯކޭ އެވެ.

ގުރޫޕް ބީގައި ހިމެނެނީ އޯކޭ ސިޓީ އާއި ޑަބަލް އެލް ޑައިމަންޑް އާއި ޑަބަލް އެލް އަދި ތިޔަމަށް އެކްސް އެވެ.

މިމުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ ގުރޫޕް އޭގެ ޔަންގް ސްޓަރގެ ދެޓީމެވެ. މިމެޗުގައި ޔަންގް ސްޓަރ ޓޫ އާއި ވާދަކޮށް 7-1 ން ކާމިޔާބުކުރީ ޔަންގް ސްޓަރ ވަންއެވެ.

ދެވަނަ މެޗުގައި ބައްދަލުކުރީ އެފްސީ އޯކޭ އާއި ވައިނޮޓް ސްޕޯރޓްސްއެވެ. މިމެޗު 2-0 ކާމިޔާބުކުރީ އެފްސީ އޯކޭ އެވެ.

ތިންވަނަ މެޗުގައި ބައްދަލުކުރީ ގުރޫޕް ބީގެ ޑަބަލްއެލް ޑައިމަންޑް އަދި އޯކޭ ސިޓީއެވެ. މިމެޗު ނިމުނީ 2-2 ދެޓީމު އެއްވަރު ވެގެންނެވެ.

މިމުބާރާތުގެ ކުޅުން މިރޭވެސް ކުރިއަށްދާނެއެވެ. މިރޭގެ މެޗުތައްވެސް ފެށުމަށް ހަމަޖެހިފައިވަނީ 21:30 ގައެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

Leave a Reply

Be the First to Comment!


 
Close