ޙަބަރުކުޅިވަރު

ޕޮލިސް ޔޫތު ފުޓްސަލް ކަޕްގެ ފައިނަލަށް ޔަންގް ސްޓަރ އަދި ތިޔަމަސް

އުނގޫފާރު ޕޮލސް ސްޓޭޝަން އާއި ޒުވާނުންގެ މަރުކަޒު ގުޅިގެން މި ރޯދަމަހު ކުރިއަށްގެންދާ “ޕޮލިސް ޔޫތު ފުޓުސަލް ކަޕް” ގެ ފައިނަލްގެ ދެޖާގަ ޔަންގް ސްޓަރ ވަން އަދި ތިޔަމަސް އެކްސް ހޯދައިފިއެވެ.

ފައިނަލްގެ ފުރަތަމަ ޖާގަ ޔަންގް ސްޓަރ ވަން ހޯދީ ސެމީގެ ފުރަތަމަ މެޗުގައި ޑަބަލްއެލް އަތުން މޮޅުވެގެންނެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗު ޔަންގް ސްޓަރ ވަން ކާމިކާބުކުރީ 4-2 ގެ ނަތީޖާއިންނެވެ.

ފައިނަލްގެ ދެވަނަ ޖާގަ ތިޔަމަސް އެކްސް ހޯދީ ސެމީފައިނަލްގެ ދެވަނަ މެޗުގައި އެފްސީ އޯކޭ މައްޗަށް ކުރިހޯދައިގެންނެވެ. މިމެޗު އެޓީމުން ކާމިޔާބުކުރީ 6-0 ގެ ތަފާތު ބޮޑު ނަތީޖާ އަކުންނެވެ.

ޔަންގް ސްޓަރ އަދި ތިޔަމަސް އެކްސް ބައްދަލުކުރާ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ 5 ޖޫން 2018 ވާ އަންގާރަ ދުވަހުގެރޭއެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

Leave a Reply

Be the First to Comment!


 
Close