ޙަބަރު

3 މަހުގެ ތުއްތު ކުއްޖަކު ކުއްލިގޮތަކަށް މަރުވެއްޖެ

އުނގޫފާރު ގެއެއްގައި މިއަދު ހިނގި ހާދިސާއެއްގައި އުމުރުން 3 މަހުގެ ތުއްތު ކުއްޖަކު މަރުވެއްވެއްޖެއެވެ.

މިއަދު ކުއްލިއަކަށް މަރުވެފައި ވަނީ އުނގޫފާރު ބީޗް ހެވަން، ސަލަމާ ބިންތު އަފްޒަލެވެ.

އުނގޫފާރު ޑޮޓްކޮމްއަށް މައުލޫމާތު ލިބިފައިވާ ގޮތުން ސަލަމާ މިއަދު މެންދުރުފަހު 3:15 ހާއިރު އުނގޫފާރު ރީޖަނަލް  ހޮސްޕިޓަލަށް ގެންދިޔައިރުވެސް ވަނީ މަރުވެފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން ދަރިފުޅުގެ ބައްޕަ އަފްޒަލް ދަރިފުޅު ސަލަމާ ގޮވައިގެން ގޭދޮރުމަތީ ހޮސްޕިޓަލަށް ނުދެވި ހުއްޓާ ހޮސްޕިޓަލަށް ގެންގޮސްދިނީ ސައިކަލުގައި އެވަގުތު އެތަނަށް އާދެވުނު އަންހެނެކެވެ.

އާއިލާގެ މެމްބަރަކު އުނގޫފާރު ޑޮޓްކޮމްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވި ގޮތުގައި އެ ކުއްޖާ މަރުވީ އެނދާއި ގޮދަޑިއާ ދޭތެރޭގައި ހުސްކޮށް އޮންނަ ދޭތެރެ އަށް ވެއްޓިގެން ކަމަށް ލަފާ ކުރެވެ އެވެ.

ފުލުހުން އަންނަނީ މިހާދިސާ ތަހުޤީގު ކުރަމުންކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

މިލިޔުމަށް ޙިޔާލު ފާޅުކުރައްވާ

2 ޙިޔާލު - "3 މަހުގެ ތުއްތު ކުއްޖަކު ކުއްލިގޮތަކަށް މަރުވެއްޖެ"


ކިޔުންތެރިއެއް
ai s h
1 މަސް 14 ދުވަސް ކުރިން

إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ

ކިޔުންތެރިއެއް
Hidha
1 މަސް 14 ދުވަސް ކުރިން

It’s a girl

 
Close