ޙަބަރުދީން

ސީ ވައި އެސް ޤުރުއާން ކިޔެވުމުގެ މުބާރާތުގައި ބައިވެރިވީ 116 ބައިވެރިން

ކްލަބް ޔޫތު ސްޓަރ

ކްލަބު ޔޫތު ސްޓަރއިން މި ރޯދަމަހަކު ބޭއްވުމަށް އިއުލާނު ކޮށްފައިވާ ޤުރުއާން ކިޔެވުމުގެ މުބާރާތުގައި ބައިވެރު ވުމުގެ ފުރުސަތު 1 ޖޫން އަށް ހަމަވިއިރު މުބާރާތުގައި 116 ފަރާތަކުން ބައިވެރި ވެއްޖެއެވެ.

އުނގޫފާރު ޑޮޓް ކޮމް އަށް މައުލުމާތު ދެއްވަމުން ކްލަބް ޔޫތު ސްޓަރގެ ފަރާތުން މުހައްމަދު އަބްދުއްޝަކޫރު ވިދާޅުވީ މުބާރާތުގެ 9 އުމުރު ފުރައިން ބަލައިގެން ކިޔެވުމުގެ ގޮފީގައި 62 ބައިވެރިން ވާދަކުރާއިރު ނުބަލާ ކިޔެވުމުގެ ގޮފީގައި 54 ބައިވެރިން ވާދަ ކުރާނެ ކަމަށެވެ.

މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ 7 ޖޫން 2018 ވާ ބުރާސްފަތި ދުވަހުގެ ރޭގައެވެ.

މިއަހަރުގެ މުބާރާތުގައި 116 ބައިވެރިން ވާދަކުރާއިރު މިދިޔަ އަހަރުގެ މުބާރާތުގައި 136 ބައިވެރިން ވާދަ ކޮށްފައިވެއެވެ.

އާއްމުކޮށް ހުޅުވާލެވިގެން މިއަހަރު މިބާއްވާ މުބާރާތަކީ ޔޫތު ސްޓަރއިން ބާއްވާ 15 ވަނަ މުބާރާތެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

Leave a Reply

Be the First to Comment!


 
Close