ޙަބަރުކުޅިވަރު

ޕޮލިސް ޔޫތު ފުޓު ސަލް ކަޕްގެ ޗެމްޕިއަންކަން ތިޔަމަސް އެކްސް ހޯދައިފި

ޕޮލިސް ޔޫތު ފުޓު ސަލް ކަޕްގެ ޗެމްޕިއަންކަން ތިޔަމަސް އެކްސް ހޯދައިފިއެވެ. ތިޔަމަސް ޗެމްޕިއަންކަން ހޯދީ ފައިނަލްގައި ޔަންގް ސްޓަރ އާއި ވާދަކޮށް ޕެންލްޓީ ޖަހައިގެންނެވެ.

ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގެ ފުރިހަމަ ވަގުތު ހަމަވީ އިރު ދެޓީމަށްވެސް ލަނޑެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ.

މެޗުގެ ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި ތިޔަމަސްއިން އުޒައިރު ސައުދުﷲ އަދި މަމްދޫހު ތިންޕެނަލްޓީ ކާމިޔާބު ކުރިއިރު ޔަންގް ސްޓަރ އިން ސާއިފް އުނައިސް ޖެހި ޕެނަލްޓީ ކާމިޔާބު ކުރިއެވެ. ކެޕްޓަން ޔާސީން ޖެހި ޕެނަލްޓީ ދިޔައީ ދަނޑީގައި ޖެހިފައި ބޭރަށެވެ. ޕެނަލްޓީ ޖަހައިގެން ތިޔަމަސް ޗެމްޕިއަންކަން ހޯދީ 3-2 ނަތީޖާއިންނެވެ.

މެޗަށްފަހު ކުރިއަށްދިޔަ އިނާމު ދިނުމުގެ ރަސްމިއްޔާތުގައި މުބާރާތުގައި ހޮވި މަޤާމްތަކަށް ޓްރޮފީ އާއި ހުރިހައި މެޗެއްގެ މޮޅު ކުޅުންތެރިންނަށް ސެޓްފިކެޓް ދީފައިވެއެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށް ތައްޓާއި މެޑަލް ހަވާލުކޮށްދެއްވީ މުބާރާތުގެ ޝަރަފްވެރި މެހުމާނު މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯރޓްސްގެ ކޯޑިޏޭޓަރ އަހުމަދު ރީހާން އެވެ.

މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިން

  • މުހައްމަދު ސާއިފް / ޔަންގް ސްޓަރ
  • އަހުމަދު އަފްސަލް / ތިޔަމަސް އެކްސް
  • އުޒައިރު ހަސަން / ތިޔަމަސް އެކްސް
  • މަމްދޫހު އަބްދުލް ޤާދިރު / ތިޔަމަސް އެކްސް
  • އާތިފް ހަސަން / ޑަބަލް އެލް

މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހިކުޅުންތެރިޔާ މަމްދޫހު އަބްދުލް ޤާދިރު / ތިޔަމަސް އެކްސް 14 ގޯލް

ފޮޓޯ / މުހައްމަދު ފަޒްލީން (އެމްޑީ)
ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

މިލިޔުމަށް ޙިޔާލު ފާޅުކުރައްވާ

1 ޙިޔާލު - "ޕޮލިސް ޔޫތު ފުޓު ސަލް ކަޕްގެ ޗެމްޕިއަންކަން ތިޔަމަސް އެކްސް ހޯދައިފި"


ކިޔުންތެރިއެއް
އަލީ އަލީ
1 މަސް 13 ދުވަސް ކުރިން

ކޮބާ ޗެމްޕިއަންޓީމަށް ކިހާވަރެއް ލިބުނީ

 
Close