ޙަބަރުރ.އަތޮޅުވިޔަފާރި

އިތުރު އެއާލައިނަކުން އަންނަ އޮކްޓޯބަރު މަހު އިފުރަށް ދަތުރުތައް ފަށަނީ

އިތުރު އެއާލައިނަކުން އަންނަ އޮކްޓޯބަރު މަހު އިފުރަށް ދަތުރުތައް ފަށަން ތައްޔާރު ވަމުންއެބަދެއެވެ.

ރާއްޖޭގައި އަލަށް ހިދުމަތް ދިނުމަށް ތައްޔާރުވަމުން އަންނަ “މަންތާ އެއާ” ގެ ދަތުރުތަށް ފެށުމަށް ހަމަޖެހިފައިވާ މަންޒިލް ތަކުގެތެރޭގައި ރ.އިފުރު ހިމެނެއެވެ.

މަންތާ އެއާގެ ދަތުރުތައް ފަށައިގަންނައިރު، ދަތުރުތައް ކުރަން ހަމަޖެހިފައި ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ދ. ކުޑަހުވަދުއަށާއި ރ. އިފުރު، ބ. ދަރަވަންދޫ އަދި ތ. ތިމަރަފުއްޓަށެވެ.

“މަންތާ އެއާ” ގެ ނަމުގައި އާ އެއާލައިނެއް އުފައްދަނީ ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީގައި އެންމެ ވަރުގަދަ އެއް ކުންފުނި ޔުނިވާސަލް އެންޓަޕްރައިސަސްގެ ބައެއް ހިއްސާދާރުންނާއި ދާލު އެއާޕޯޓު އަދި ކަނޑިންމަ ރިސޯޓު ވެސް ހިންގާ ރިއޮލޯ އިންވެސްޓްމެންޓު ގުޅިގެންނެވެ. ރިއޮލޯ އަކީ ޔުނިވާސަލް އެންޓަޕްރައިސަސްގެ އެއް ހިއްސާދާރު ޑރ. އިބްރާހިމް މަނިކުގެ ދަރިކަލުން ސަންޖޭ މަނިކުގެ ހިއްސާވާ ކުންފުންޏެކެވެ.

މަންތާ އެއަރލައިންގެ ބޯއްޓެއްގެ ކުރެހުމެއް / ފޮޓޯ މަންތާ އެއަރ

މިހާރު އިފުރަށް ދަތުރުތައް ކުރަނީ ޤައުމީ އެއަރލައިން މޯލްޑިވިއަން އެކަންޏެވެ. މަންތާ އެއަރ އިން އިފުރަށް ދަތުރުތަށް ފެށުމަކީ އިފުރުން ދަތުރު ކުރަން ބޭނުންވާ ފަރާތްތަކަށް ދަތުރުކުރުމުގައި ލިބިގެން ދާނެ ވަރަށްބޮޑު ލުއިފަސޭހައެކެވެ. އަދި ޓިކެޓުގެ އަގު ހެޔޮވުމާއި ހިދުމަތުގެ ފެންވަރު ރަނގަޅު ވުމަކީ ފަސިންޖަރުންގެ އުއްމީދެކެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

Leave a Reply

Be the First to Comment!


 
Close