ދީން

ދުޢާކުރުން އެންމެ ރަގަޅު ވަގުތުތަކަކީ ކޮބައިތޯއެވެ؟

الحمد لله، والصلاة والسلام على رسول الله أما بعد:

ދުޢާކުރުން އެއްމެ ރަނގަޅު ވަގުތުތަކަކީ އެވަގުތުތަކުގައި ދުޢާ އިޖާބަ ކުރެއްވުން ގާތްކަމުގައި ﷲ އާއި އެކަލާނގެ ރަސޫލާ އަންގަވާފައިވާ ވަގުތު ތަކެވެ.

އެފަދަ ވަގުތު ތަކުގެ ތެރޭގައި އެއްވަގުތަކީ: ލައިލަތުލް ޤަދްރި ވިލޭރެއެވެ. އަނެއްވަގުތަކީ: ރޭގަނޑުގެ ދަންވަރެވެ. އެއީ ރޭގަނޑުގެ ތިންވަނަ ބައި ނުވަތަ ހާރު ދަން ފެށުނީއްސުރެ ފަޖުރުލައިފުމަށް ދާނދެނެވެ. އެއީ ﷲ ތަބާރަކަ ވަތަޢާލާ ދުނިޔޭގެ އުޑަށް ނުޒޫލުވެ ވޮޑިގެން އެކަލާނގެ އަޅުތަކުންގެ ދުޢާ އާއި ދެންނެވުންތައް އިޖާބަކުރައްވާނެކަމުގައި އަންގަވާފައިވާ ވަގުތެވެ.އަނެއްވަގުތަކީ: ބަންގިއާއި ޤަމަތާއި ދެމެދުގައި ކުރެވޭ ދުޢާއެވެ.

އަނެއްވަގުތަކީ: ނަމާދުގައި ސަޖިދާގައި އޮންނަ އިރުއެވެ.އަނެއްވަގުތަކީ: ފަރުޟު ނަމާދު ފަހަތުގައެވެ. ޔަޢުނީ އައްތަޙިއްޔާތާއި ޞަލަވާތް ކިޔެވުމަށް ފަހުގައި ސަލާންދިނުމުގެ ކުރިން ދުޢާ ކުރުމާއި ސަލާމްދިނުމަށް ފަހުގައި ކުރެވޭ ޛިކުރުތަކާއި ދުޢާތަކެވެ.

އަނެއްވަގުތަކީ: ހުކުރު ދުވަހުގައި ވާ ދުޢާ އިޖާބަ ކުރެއްވޭ ސާޢަތެވެ. އެއީ ހުކުރު ވަގުތުން ފެށިގެން އިރު އޮށްސުމާއި ދެމެދުގެ ވަގުތެކެވެ.

އަނެއްވަގުތަކީ: ވާރޭ ވެހޭ ވަގުތެވެ.އަނެއްވަގުތަކީ: ޒަމްޒަމް ފެން ބުއިމާއި އެކުގައި ކުރާ ދުޢާއެވެ.އަނެއްވަގުތަކީ: އަނިޔާ ލިބިގެންވާ ހާލުގައި މަޡްލޫމުންގެ ދުޢާއެވެ.

މިވަގުތު ތަކަކީ އެވަގުތު ތަކުގައި ދުޢާ ކުރުމަށް ބާރު އެޅުއްވިފައިވާ އަދި އިޖާބަ ކުރެއްވޭނެ ކަމުގެ އުންމީދު ބޮޑުކަމުގައި ޞައްޙަވެގެންވާ ތަންތަނާއި ވަގުތެވެ. އަދިވެސް ބައެއް ވަގުތާއި ހާލަތްތަކުގައި ދުޢާ ކުރުމުގެ މާތް ކަމާއި މަތިވެރި ކަމާއިމެދުގައި ޚަބަރުތައް ވާރިދުވެފައި ވެއެވެ. ކޮންމެ ވަގުތަކީވެސް ދުޢާ ކުރުން ހުއްދަ ވަގުތު ތަކެވެ. ނަމަވެސް އިސްވެދިޔަ ވަގުތުތަކާއި ހާލަތްތަކުގައި ދުޢާ ކުރުން މޮޅު އިތުރުވެގެން ވެއެވެ.

والله أعلم، وصلى الله على محمد وآله وسلم

މަސްދަރު: ރާއްޖެއިސްލާމް ވެބްސައިޓް

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

Leave a Reply

Be the First to Comment!


 
Close