ޙަބަރުކުޅިވަރު

އުފާ މަސްރޭހުގެ މައުލޫމާތު ދިނުމުގެ ބައްދަލުވުން މާދަމާރޭ ބާއްވަނީ

އުފާ މަސްރޭސް 1439

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއޭސަން (އުފާ) ގެ ފަރާތުން ކޮންމެ އަހަރު ބާއްވަމުން އަންނަ މަސްރޭހުގެ މިއަހަރުގެ މުބާރާތް “އުފާ މަސްރޭސް 1439” އާއި ބެހޭ މައުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުން މާދަމާ ރޭ ބާއްވާނެއެވެ. މިބައްދަލުވުން އޮންނާނީ މާދަމާރޭ 21:45 ގައި އުނގޫފާރު ޒުވާނުންގެ މަރުކަޒުގެ މީޓިން ރޫމުގައެވެ.

މިބައްދަލުވުމުގައި ބައިވެރިވެ މައުލޫމާތު ސާފުކުރުމުގެ ފުރުސަތު އާއްމުކޮށްވަނީ ހުޅުވާލާފައިއެވެ. މަސްރޭހުގެ މިއަހަރުގެ މުބާރާތައް އައިސްފައިވާ ބަދަލުތަކުގެ މައުލޫމާތާއި މުބާރާތް ކުރިއަށް ދާގޮތުގެ މައުލޫމާތު ސާފުކުރަން ބޭނުންފުޅުވާ ކޮންމެ ފަރާތަކަށްވެސް ބައްދަލުވުމަށް ވަޑައިގެން ބައިވެރިވުމުގެ ފުރުސަތުވަނީ ހުޅުވާލާފައެވެ.

މަސްރޭހުގައި ބައިވެރިވުމަށް އެދޭ ފޯމް ދޫކުރުމާއި ބަލައިގަތުން ކުރިއަށްދަނީ ފޮލޯމީ ހާޑްވެއާ އިންނެވެ. މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު ދޫކުރަން ފަށާފައިވަނީ 6 ޖޫން 2018 ވީ ބުދަދުވަހުއެވެ. ފޯމްސެޓެއްގެ އަގަކީ 350 ރުފިޔާއެވެ. މުބާރާތުގައި ބައިވެރިވުމަށް އެދި ފޯމް ހުށައެޅުމުގެ އެންމެ ފަހު ތާރީހަކީ 11 ޖޫން 2018 ވާ ހޯމަ ދުވަހުގެ ރޭ 22:30 އެވެ.

އުފާ ސްޕޯރޓްސް އިން ކުރިއަށް ގެންދާ އުފާ މަސްރޭހަކީ ފާއިތުވި 3 އަހަރުވެސް ވަރަށް ފޯރިއާއެކު ކުރިއަށް ގެންގޮސްފައިވާ މަސްރޭހެކެވެ. މިދިޔައަހަރުގެ މަސްރޭހުގައި 8 ޓީމް ވާދަކޮށްފައިވެއެވެ. މަސްރޭހުގެ ޗެމްޕިއަންކަން ހޯދާއިގެން ދިހަހާސް ރުފިޔާގެ ފައިސާގެ އިނާމުހޯދީ ވެސްޓް ބީޗްއެވެ.

އުފާ މަސްރޭސް 1439 ފެށުމަށް ހަމަޖެހިފައިވަނީ 2 ސައްވާލް 1439 ގައެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

މިލިޔުމަށް ޙިޔާލު ފާޅުކުރައްވާ

މިލިޔުމަށް ޙިޔާލުފާޅުކުރައްވާ ފުރަތަމަ ފަރާތަށް ވެލައްވާ!


 
Close