ޙަބަރުކުޑަކުދިންދީން

ގުރުއާން މުބާރާތުގެ ކިޔެވުން ފަށައިފި

ކްލަބް ޔޫތު ސްޓަރ

ކްލަބު ޔޫތު ސްޓަރ އިން ބާއްވާ ގުރުޢާން ކިޔެވުމުގެ 15 ވަނަ މުބާރާތުގެ ކިޔެވުން މިއަދު މެންދުރު ފަހު ފަށައިފިއެވެ. މިއަދު މެންދުރު ފަހު ކުރިއަށްގެންގޮސްފައިވަނީ 9 އަހަރުން ދަށާއި 6 އަހަރުން ދަށުގެ އުމުރު ފުރާގެ ބައިވެރިންގެ ކިޔެވުމެވެ.

މިމުބާރާތުގައި ދެން ކިޔެވުން ކުރިއަށްދާނީ މިރޭގެ ދަންފަޅީގެ ކިޔެވުމެވެ. މިރޭ ކިޔަވާނީ 19 އަހަރުން ދަށާއި 16 އަހަރުން ދަށުގެ ބައިވެރިންނެވެ.

މާދަމާ 3 ދަންފަޅިއެއްގައި ކިޔެވުން ކުރިއަށްދާނެއެވެ. އެއީ 9 ން 12 އަށް މެންދުރުފަހު 1 ން 3:30 އަށް އަދި ރޭގަނޑު 9:30 ން 11 އަށެވެ.

This slideshow requires JavaScript.

މިމުބާރާތުގެ މިއަދުގެ ފުރަތަމަ ދަންފަޅީގެ ކިޔެވުން އުނގޫފާރު ޑޮޓް ކޮމްގެ ފޭސްބްކް ޕޭޖުން ލައިވްކޮށް ގެނެސްދީފައި ވާނެއެވެ. އަދި މިރޭގެ ދަންފަޅިވެސް ލައިވް ކުރާނެއެވެ.

ކްލަބު ޔޫތު ސްޓަރ އިން ބާއްވާ ގުރުޢާން ކިޔެވުމުގެ 15 ވަނަ މުބާރާތުގައި 116 ބައިވެރިން ވާދަކުރާއިރު މިދިޔަ އަހަރުގެ މުބާރާތުގައި 136 ބައިވެރިން ވާދަ ކޮށްފައިވެއެވެ

މިއަދު ފެށުނު ޤުރްއާން މުބާރާތުގެ ކިޔެވުން:

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

މިލިޔުމަށް ޙިޔާލު ފާޅުކުރައްވާ

މިލިޔުމަށް ޙިޔާލުފާޅުކުރައްވާ ފުރަތަމަ ފަރާތަށް ވެލައްވާ!


 

ކިޔާލުން ރަނގަޅު

Close
Close