ޙަބަރު

ތެޔޮ ބޯއްޓެއްގެ ޖަނަރޭޓަރު ގޮވާ މިހަކަށް އަނިޔާވެއްޖެ

މިރޭ 20:25 ހާއިރު ހިނގި މި ހާދިސާ ހިނގާފައި ވަނީ އުނގޫފާރު ބަނދަރުގައި އޮތް ތެޔޮ ސަޕްލައި ކުރާ ބޯޓެއްގެއެވެ. މިއީ އުނގޫފާރު ރައްޔިތުންގެ ތެޔޮ ފިހާރައަށް ތެޔޮ ސަޕްލައި ކުރާ ހޯކްސް ޕްރައިވެޓް ލިމިޓެޑްގެ “ޔާގޫތު” ނަމަކަށް ކިޔާ ބޯޓެކެވެ.

އުނގޫފާރު.ކޮމް އަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާގައި 2 މީހަކަށް އަނިޔާވި އިރު އެކަކީ ބޯޓްގައި މަސައްކަތް ކުރާ ލަންކާ މީހެކެވެ. އޭނާގެ 2 އަތާއި 2 ފައި ގެ އިތުރުން ހަށިގަނޑުގެ ބޮޑު ބައެއް ވަނީ ފިހިފައެވެ.

މި ހާދިސާ ހިނގާފައި ވަނީ ބޯޓަށް ކަރަންޓް ދިނުމަށް ބޭނުންކުރާ ޖަނަރޭޓްރު އޯވަ ހީޓުވެ ގޮވުމުގެ ސަބަބުންނެވެ. މި ހާދިސާގައި ލަންކާ މީހާ ފިހިފައި ވަނީ ޖަނަރޭޓަރު ގޮވިވަގުތު އޭގެއިން އެރި އަލިފާން ގަނޑުންނެވެ.

އުނގޫފާރު.ކޮމް އަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި އިންޖީނު ގޮވިވަގުތު ރޯވި އަލިފާން ގަނޑުން ސަލާމަތް ވުމަށް ލަންކާ މީހާ ވަނީ މޫދަށް ފުންމާލާފައެވެ.

މި ހާދިސާއި އަނިޔާވި 2 ވަނަ މީހަކީ ބޯޓްގައި މަސައްކަތް ކުރާ ދިވެއްސެކެވެ. އޭނާއަށް އަނިޔާވީ ޖަނަރޭޓަރު ގޮވި ވަގުތު ޖަނަރޭޓަރު ރޫމުގައި ހުރި ޓައްޕެއް ވިއްސައިގެން ގޮސް އޭނާގެ ގައިގައި ޖެހިގެން ކަމަށް މަޢުލޫމާތު ލިބެއެވެ.

އަނިޔާވޮ 2 މީހުންނަށް ވެސް އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ އެމަޖެންސީގައި ފަރުވާދެމުން ދާއިރު އަނިޔާވި ދިވެހި މީހާގެ ހާލު ރަނގަޅު ކަމަށް މަޢުލޫމާތު ލިބެއެވެ.
މި ހާސިސާ ހިނގިގޮތް ފުލުހުން މިހާރު އަންނަނީ ތަހުގީގު ކުރަމުންނެވެ.

This slideshow requires JavaScript.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

Leave a Reply

Be the First to Comment!


 
Close