ޙަބަރުކުޅިވަރު

އުފާ މަސްރޭހުގައި ބައިވެރިވީ 5 ޓީމް

އުފާ މަސްރޭސް 1439

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއޭސަން (އުފާ) ގެ ފަރާތުން ކޮންމެ އަހަރު ބާއްވަމުން އަންނަ މަސްރޭސް މުބާރާތުގެ މި އަހަރުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ރޭ 22:30 ގައި ހަމަވިއިރު ބައިވެރި ވެފައިވަނީ 5 ޓީމެވެ.

ކުރީ ފަހަރުތަކާ ޚިލާފަށް އުފާ މަސްރޭހުގެ ޤަވާއިދަށް މިފަހަރު ވަނީ ބަދަލުތަކެއް އައިސްފައެވެ. މިގޮތުން ފާހަގަ ކޮށްލެވޭ އެންމެ ބޮޑު އެއް ބަދަލަކީ މިއަހަރު ޗެންޕިއަންޓީމަށް -/8000 ރުފިޔާ ދެވަނަ ޓީމަށް -/2500 ރުފިޔާ އަދި ތިންވަނަ ޓީމަށް -/1500 ރުފިޔާގެ ފައިސާގެ އިނާމް ހުށައެޅިފައިވުމެވެ. އަދި މަސްރޭސް ބާއްވާ ދުވަސްތަކަށް އައިސްފައިވާ ބަދަލެވެ. މިއަހަރު މަސްރޭސް ކުރިއަށްދާނީ ޖެހިޖެހިގެން 3 ރޭ ކުރިއަށްދާގޮތަށެވެ. އަދި މީގެ އިތުރުންވެސް ކުދިކުދި ބައެއް ބަދަލުތައް ވަނީ ގެނެސްފައެވެ.

އުފާ ސްޕޯރޓްސް އިން ކުރިއަށް ގެންދާ އުފާ މަސްރޭހަކީ ފާއިތުވި 3 ރޯދަމަހުވެސް ވަރަށް ފޯރިއާއެކު ކުރިއަށް ގެންގޮސްފައިވާ މަސްރޭހެކެވެ. މިދިޔައަހަރުގެ މަސްރޭހުގައި 8 ޓީމް ވާދަކޮށްފައިވެއެވެ. މަސްރޭހުގެ ޗެމްޕިއަންކަން ހޯދާއިގެން ދިހަހާސް ރުފިޔާގެ ފައިސާގެ އިނާމުހޯދީ ވެސްޓް ބީޗްއެވެ.

އުފާ މަސްރޭސް 1439 ފެށުމަށް ހަމަޖެހިފައިވަނީ 2 ސައްވާލް 1439 ގައެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

Leave a Reply

Be the First to Comment!


 
Close