ޙަބަރު

ޒަކާތުގެ ގޮތުގައި އުނގޫފާރުގައި ބޮލަކަށް 330 ރުފިޔާ

ޒަކާތުގެ ގޮތުގައި އުނގޫފާރު ކައުންސިލަށް ލިބުނު ބާވީސްހާސް އަށް ވުރެ ގިނަ ރުފިޔާ ފަޤީރުންގެ ގޮތުގައި ނަންނޯޓްކޮށްފައިވާ ފަރާތްތަކަށް ބަހަމުން އަންނަ އިރު، އުނގޫފާރުގައި ތިބި ފަގީރުންނަށް ޒަކާތުގެ ގޮތުގައި ޖެހެނީ، ބޮލަކަށް 330.23 ރުފިޔާ ކަމަށް އުނގޫފާރު ކައުންސިލުން ބުނެފި އެވެ.

އުނގޫފާރު ޑޮޓްކޮމް އަށް މައުލޫމާތު ދެއްވަމުން އުނގޫފާރު ކައުންސިލްގެ ޒިންމާދާރު ވެރިޔާ ވިދާޅުވި ގޮތުގައި އުނގޫފާރުން މިއަހަރު ފިތުރު ޒަކާތުގެ ގޮތުގައި 22125.40 ރުފިޔާ ލިބިފައިވާއިރު އުނގޫފާރުގައި ފަގީރުންގެ ގޮތުގައި މި އަހަރު 67 މީހުން ވަނީ ރަޖިސްޓްރީވެފަ އެވެ. އުނގޫފާރުގައި ފިތުރު ޒަކާތް ދައްކާފައިވަނީ 1677 މީހުނެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

Leave a Reply

Be the First to Comment!


 
Close