ކުޅިވަރު

ވެސްޓް ބީޗް އުފާ މަސް ރޭސް 1439 – ފުރަތަމަ ބުރު

ވެސްޓް ބީޗް އުފާ މަސްރޭސް 1439 ގެ ލައިވް ކަވަރޭޖަށް މަރުހަބާ. މި މުބާރާތުގައި ބައިވެރިވެފައި ވަނީ ޖުމްލަ 5 ޓީމެވެ. އެއީ ވެސްޓް ބީޗް، ރަވަ ޓީމް، ޓީމް ބެސްޓް ޕްރައިޒް، ރޮދި އަދި ޓީމް 2 ލަކި ޗޫސް އެވެ.

މި މުބާރާތް ފެއްޓުމުގެ ރަސްމިއްޔާތު މިއަދު މެންދުރު 14:45 ގައި އޮންނައިރު ޓީމްތައް މަހަށް ފުރާނީ 15:00 ގައެވެ.

ވެސްޓް ބީޗްއުފާ މަސްރޭސް 1439 ގެ އެއްވަނަ ޓީމަށް އިނާމެއްގެ ގޮތުގައިސައިކަލެއް ހުށައަޅައިފިއެވެ. އިނާމެއްގެ ގޮތުގައި ސައިކަލެއް ހުށައަޅާފައިވަނީ މި މުބާރާތުގެ ކޯ ސްޕޮންސާ ރާއްޖޭގެ މަޝްހޫރު ލޮޓަސްބައިކް ޝޮޕްގެ ފަރާތުންނެވެ. އަށާރަހާސް ރުފިޔާގެ އަގުހުރި މިސައިކަލާއެކު ޗެމްޕިއަންޓީމަށް 8000ރ ގެ ފައިސާގެ އިނާމެއް އުފާއިން ދޭނެއެވެ.

މި މުބާރާތުގެ މެއިން ސްޕޮންސާ އަކީ ވެސްޓް ބީޗް ރެސްޓޯރަންޓެވެ. އަދި ކޯ ސްޕޮންސަރުންނަކީ ލޮޓަސް ބައިކް ޝޮޕް، ދިރާގު އަދި އެލައިޑް އިންސޯރެންސެވެ. މި މުބާރާތުގެ ސައުންޑް އެންޑް ލައިޓިން ޕާޓްނާ އަކީ ފޮލޯމީ، ފެއިތުފުލް އަދި ގްރީން ވިލަރެސް އިންވެސްޓްމެންޓެވެ.

މަސްރޭހާއެކު މަސްރޭހުގެ ފޮޓޯ އިންސްޓޯގްރާމްކޮށްގެން އިނާމެއް ލިބޭ މުބާރާތެއް ވެސް ކުރިއަށް ދާނެވެ. މި މުބާރާޓް ސްޕޮންސާ ކޮށްފައި ވަނީ  ނެން އިންވެސްޓްމެންޓުންނެވެ.

މުނާޒު މުޙައްމަދު މުނާޒު މުޙައްމަދު 17 ޖޫން 201822:17

ވެސްޓް ބީޗް އުފާ މަސްރޭހުގެ ފުރަތަމަ ބެރުގެ އަޕްޑޭޓް މިހާ ހިސާބުން ނިންމާލާނީ ހުރިހާ ކިޔުންތެރިންނަށް ބާއްޖަވެރި ރެއަކަށް އެދުމުން. މަސްރޭހުގެ 2 ވަނަ ބުރުގެ ލައިވް ކަވަރޭޖާ އެކު މާދަމާ މެންދުރު 14:30 ގައި ބައްދަލުކޮށްލުމުގެ އުންމީދުގައި ވަކިވެލަން.

މުނާޒު މުޙައްމަދު މުނާޒު މުޙައްމަދު 17 ޖޫން 201822:14

އިންސްޓޯ ގްރާމް ފޮޓޯ މުބާރާތުގެ ކޮންމެ ރެއަކު އެއްވަނައަށް ޙާއްސަ ގިފްޓް ޕެކެއް އިނާމްގެ ގޮތުގައި ލިބިގެން ދާނެ.

މުނާޒު މުޙައްމަދު މުނާޒު މުޙައްމަދު 17 ޖޫން 201822:13

މަސް ރޭހާ އެކު ކުރިއަށް ދިޔަ އިންސްޓޯގްރާމް ފޮޓޯ މުބާރާތުގެ އެއްވަނައަށް ހޮވިފައި ވަނީ މުޙައްމަދު ފަޒްލީން

މުނާޒު މުޙައްމަދު މުނާޒު މުޙައްމަދު 17 ޖޫން 201822:10

މިރޭ ޓީމް ތަކުން ބޭނި މަސްތައް ވަނީ އާންމުންނަށް ވިއްކާ ގޮތަށް ހަމަޖެހިފަ. މިރޭގެ އިވެންޓް ނިމުމާ އެކު މަސް ވިއްކުމުގެ މަސައްކަތް ކުރިއަށް ދާނެ.

މުނާޒު މުޙައްމަދު މުނާޒު މުޙައްމަދު 17 ޖޫން 201822:07

މިރޭ އެންމެ ބޮޑު މަހެއް ބާނާފައި ވަނީ ބެސްޓް ޕްރައިޒް ޓީމްގެ އަހުމަދު ރިޔާޒް

މުނާޒު މުޙައްމަދު މުނާޒު މުޙައްމަދު 17 ޖޫން 201822:06

މިރޭގެ 1 ވަނަ
ޓީމް ވެސްޓް ބީޗް
މަހުގެ ބަރުދަން: 145 ކިލޯ

މިރޭގެ 2 ވަނަ
ބެސްޓް ޕްރައިޒް
މަހުގެ ބަރުދަން: 38.7 ކިލޯ

މިރޭގެ 3 ވަނަ
ދެލަކި ޗޫސް
މަހުގެ ބަރުދަން: 35.9 ކިލޯ

ރޮދި
މަހުގެ ބަރުދަން: 24.6 ކިލޯ

ޓީމް ރަވަ ޓެކްނިކަލް މައްސަލައެއް ދިމާވެގެން އެއްވެސް މަހެއް ނުބާނަ.

މުނާޒު މުޙައްމަދު މުނާޒު މުޙައްމަދު 17 ޖޫން 201822:03

ރޮދި
ބޭނި މަހުގެ އަދަދު: 24.6 ކިލޯ

މުނާޒު މުޙައްމަދު މުނާޒު މުޙައްމަދު 17 ޖޫން 201822:02

މިހާރު ވެސްޓް ބީޗް، ބެސްޓް ޕްރައިޒް އަދި ދެލަކި ޗޫސް ބޭނި މަސް ވަނީ ކިރާފައި. މިހާތަނަށް 145 ކިލޯއާ އެކު އެންމެ ކުރީގައި އުޅެނީ ޓީމް ވެސްޓް ބީޗް

މުނާޒު މުޙައްމަދު މުނާޒު މުޙައްމަދު 17 ޖޫން 201822:00

ދެލަކި ޗޫސް
މަހުގެ ބަރުދަން: 35.9 ކިލޯ

މުނާޒު މުޙައްމަދު މުނާޒު މުޙައްމަދު 17 ޖޫން 201822:00

މުނާޒު މުޙައްމަދު މުނާޒު މުޙައްމަދު 17 ޖޫން 201821:58

މުނާޒު މުޙައްމަދު މުނާޒު މުޙައްމަދު 17 ޖޫން 201821:57

ބެސްޓް ޕްރައިޒް
މަހުގެ ބަރުދަން: 38.7 ކިލޯ

މުނާޒު މުޙައްމަދު މުނާޒު މުޙައްމަދު 17 ޖޫން 201821:57

ބެސްޓް ޕްރައިޒް ވެސް މިހާރު މަހުން ލަފައިފި. މަސް ކިރުމުގެ މަސައްކަތް ކުރިއަށް ދަނީ

މުނާޒު މުޙައްމަދު މުނާޒު މުޙައްމަދު 17 ޖޫން 201821:55

ޓީމް ވެސްޓް ބީޗް

މުނާޒު މުޙައްމަދު މުނާޒު މުޙައްމަދު 17 ޖޫން 201821:54

ޓީމް ވެސްޓް ބީޗް
މަހުގެ ބަރުދަން: 145 ކިލޯ

މުނާޒު މުޙައްމަދު މުނާޒު މުޙައްމަދު 17 ޖޫން 201821:47

ކުޑަ އިރުކޮޅަކުން ވެސްޓްބީޗް ޓީމުން ބޭނި މަސް ކިރުމުގެ މަސައްކަތް ކުރިއަށް ދާނެ.

މުނާޒު މުޙައްމަދު މުނާޒު މުޙައްމަދު 17 ޖޫން 201821:45

ޓީމް ވެސްތް ބީޗް މަހުން ލަފައިފި

މުނާޒު މުޙައްމަދު މުނާޒު މުޙައްމަދު 17 ޖޫން 201821:43

ޓީމް ވެސްޓްބީޗް މިހާރު އުނގޫފާރު ފަޅަށް ވަންނަނީ

މުނާޒު މުޙައްމަދު މުނާޒު މުޙައްމަދު 17 ޖޫން 201821:18

މިހާތަނަށް އަދި އެއްވެސް ޓީމެއް ލަފާފައެއް ނުވޭ. ދެލަކި ޗޫސް ވަނީ އުނގޫފާރަށް މިސްރާބު ޖަހާފަ.

މުނާޒު މުޙައްމަދު މުނާޒު މުޙައްމަދު 17 ޖޫން 201821:17

ރަވަ ޓީމުން މަޢުލޫމާތު ދިން ގޮތުގައި އެ ޓީމުން ދަތުރުކުރި ޑިންގީގެ އިންޖީނަށް ދިމާވި މައްސަލައަކުން އެ ޓީމަށް މިއަދު އެއްވެސް މަހެއް ބޭނިފައެއް ނުވޭ. ރަވަ ޓީމުން މިހާރު ވަނީ ރަށަށް އައިއްސަ.

މުނާޒު މުޙައްމަދު މުނާޒު މުޙައްމަދު 17 ޖޫން 201821:11

ޓީމް ދެލަކި ޗޫސް އިން ބޭނި މަސް – ފޮޓޯ: އަލީ އައިމަން

މުނާޒު މުޙައްމަދު މުނާޒު މުޙައްމަދު 17 ޖޫން 201821:10

ދެންމެ އަކު މަޢުލޫމާތު ލިބިފައިވާ ގޮތުގައި ރަވަ ޓީމުން ދިމާވި ޓެކްނިކަލް މައްސަލައަކާ ހުރެ އެއްވެސް މަހެއް ނުބާނަ.

މުނާޒު މުޙައްމަދު މުނާޒު މުޙައްމަދު 17 ޖޫން 201821:09

ޓިމް ދެލަކި ޗޫސް އިން މަޢުލޫމާތު ގޮތުގައި އެ ޓީމުން ވަނީ އުނގޫފާރާ ދިމާއަށް މިސްރާބު ޖަހާފައި

މުނާޒު މުޙައްމަދު މުނާޒު މުޙައްމަދު 17 ޖޫން 201821:01

ޓީމް ވެސްޓް ބީޗުން ބޭނި މަހުގެ ފޮޓޮއެއް – ފޮޓޯ: އިސްމާއިލް ނާފިޒް

މުނާޒު މުޙައްމަދު މުނާޒު މުޙައްމަދު 17 ޖޫން 201820:45

ކުޑަ އިރުކޮޅެއްގެ ތެރޭގައި ޓީމްތަށް މަހުން ލަފަން ފަށާނެ.

މުނާޒު މުޙައްމަދު މުނާޒު މުޙައްމަދު 17 ޖޫން 201820:40

މަހަށް ފުރާފައިވާ ޓީމްތައް މަހުން ލެފުމަށް ހަމަޖެހިފައިވަނީ 21:00 އާ 22:00 އާ ދޭތެރޭ. ޓީމްތައް މަހުން ލަފާތަން އަދި މަސް ކިރުމާއި ނަތީޖާ ފާޅު ކުރުން އުނގޫފާރު.ކޮމް ފޭސްބުކް ޕޭޖުން ލައިވް ކުރާ ގޮތަށް ވަނީ ހަމަޖެހިފަ.

މުނާޒު މުޙައްމަދު މުނާޒު މުޙައްމަދު 17 ޖޫން 201816:26

އުފާ މަސް ރޭސް ކުރިއަށްދާ ކޮންމެ ރެއަކު އުފާ މަސްރޭސް 1439 ހޭޝް ޓެގް ބޭނުން ކޮއްގެން އިންސްޓޯގްރާމަށް ފޮޓޯ އަޕްލޯޑްކުރާ މުބާރާތެއް ކުރިއަށް ދާނެ.

މުނާޒު މުޙައްމަދު މުނާޒު މުޙައްމަދު 17 ޖޫން 201816:01

ޓީމް ބެސްޓް ޕްރައިޒް އިން ބޭނި މަހެއް

މުނާޒު މުޙައްމަދު މުނާޒު މުޙައްމަދު 17 ޖޫން 201815:54

މުބާރާތުގެ 1 ވަނަ ދާ ޓީމަކަށް ލިޓަސް ބައިކްޝޮޕުން ހުށައަޅާފައިވާ މި ބައިކް ލިބޭ ގޮތަށް ވަނީ ހަމަޖެހިފައ.

މުނާޒު މުޙައްމަދު މުނާޒު މުޙައްމަދު 17 ޖޫން 201815:41

ޓީމްތައް މަހަށް ފުރުމުގެ ކުރިން ފޮޓޯއަކަށް ހުއްޓިގެން

މުނާޒު މުޙައްމަދު މުނާޒު މުޙައްމަދު 17 ޖޫން 201815:07

ހުރިހާ ޓީމެއް ވެސް ވަނީ މަހަށް ފުރާފައި.

މުނާޒު މުޙައްމަދު މުނާޒު މުޙައްމަދު 17 ޖޫން 201814:57

ޓީމްތައް ފުރުމަށް ހަމަޖެހިފައި ވަނީ 15:00 ގައި. ޓީމްތައް މަހަށް ފުރުމުގެ ކުރިން އުފާއިން ވަނީ ކޮންމެ ޓީމަކަށް ޙާއްސަ ގިފްޓް ޕެކެއް ހަވާލުކޮށްފަ.

މުނާޒު މުޙައްމަދު މުނާޒު މުޙައްމަދު 17 ޖޫން 201814:56

މުބާރާތުގައި ވާދަކުރާ 5 ޓީމް މިހާރު ވަނީ މަހަށް ފުރުމަށްޓަކައި އުނގޫފާރު ސްޓޭޖް ސަރަހައްދަށް ހާޒިރުވެފަ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރއވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

މިލިޔުމަށް ޙިޔާލު ފާޅުކުރައްވާ

މިލިޔުމަށް ޙިޔާލުފާޅުކުރައްވާ ފުރަތަމަ ފަރާތަށް ވެލައްވާ!


 
Close