ޙަބަރުކުޅިވަރު

މަސްރޭހުގެ 2 ވަނަ ބުރުވެސް ވެސްޓްބީޗް ކާމިޔާބުކޮށްފި

އުފާއިން މިހާރު ކުރިއަށް ގެންދާ ވެސްޓްބީޗް އުފާ މަސް ރޭސް 1439 ގެ 2 ވަނަ ބުރު ވެސްޓްބީޗް ކާމިޔާބުކޮށްފިއެވެ. ޖުމްލަ 5 ޓީމް ވާދަ ކުރާ  މި މުބާރާތުގެ 2 ވަނަ ބުރު ވެސްޓްބީޗް ކާމިޔާބު ކުރީ 85.2 ކިލޯގެ މަސް ބާނައިގެންނެވެ. މުބާރާތުގެ ފުރަތަމަ ބުރުވެސް ކާމިޔާބު ކުރީ ވެސްޓްބީޗެވެ.

ވެސްޓް ބީޗާ އެންމެ ގާތުން ވާދަކުރާ ޓީމް ބެސްޓް ޕްރައިޒް ރޭ ބާނާފައި ވަނީ 77.2 ކިލޯގެ މަހެވެ. މި ނަތީޖާއާ އެކު ބެސްޓް ޕްރައިޒް ވަނީ ފުރަތަމަ ބުރުގައި ވެސް އެ ޓީމުން ހޯދާފައިވާ 2 ދެވަނަ މަޤާމު ދިފާއުކޮށްފައެވެ.

ދެވަނަ ބުރުގެ 3 ވަނަ ހާސިލްކޮށްފައި ވަނީ 51.8 ކިލޯގެ މަސް ބާނައިގެން ޓީމް ރޮދި އެވެ. މީގެ އިތުރުން 48 ކިލޯގެ މަސް ބާނައިގެން ޓީމް 2 ލަކި ޗޫޒް ގޮސްފައި ވަނީ ރޭގެ ބުރުގެ 4 ވަނައަށެވެ. ޓީމް ރަވައިން ރޭ ބާނާފައި ވަނީ 33.4 ކިލޯގެ މަހެވެ.

ދެ ބުރުގެ ޖުމްލައަށް ބަލާ އިރު 230.2 ކިލޯ މަސް ބާނައިގެން 1 ވަނާގައި ވެސްޓް ބީޗް އުޅޭ އިރު 115.9 ކިލޯ ބާނާގެން 2 ވަނާގައި އުޅެނީ ބެސްޓް ޕްރައިޒްއެވެ. 83.9 ކިލޯ ބާނައިގެން 3 ވަނާގައި އުޅެނީ ޓީމް 2 ލަކި ޗީސްއެވެ. 76.4 ކިލޯ މަސް ބާނައިގެން ޓީމް ރޮދި މުބާރާތުގެ 4 ވަނާގައި އުޅޭ އިރު ރަވަ ޓީމް އުޅެނީ 33.4 ކިލޯގެ މަސް ބާނައިގެން 5 ވަނާގައެވެ.

މުބާރާތުގެ ފަހު ބުރު އަދި ފައިނަލް ބުރު މިއަދު އޮންނާނެއެވެ. ފައިނަލް ބުރުގައި ޓީމްތައ މަހަށް ފުރާނީ މިއަދު މެންދުރު 15:00 ގައެވެ.

ވެސްޓް ބީޗްއުފާ މަސްރޭސް 1439 ގެ އެއްވަނަ ޓީމަށް އިނާމެއްގެ ގޮތުގައި ސައިކަލެއް ހުށައަޅައިފިއެވެ. އިނާމެއްގެ ގޮތުގައި ސައިކަލެއް ހުށައަޅާފައިވަނީ މި މުބާރާތުގެ ކޯ ސްޕޮންސާ ރާއްޖޭގެ މަޝްހޫރު ލޮޓަސްބައިކް ޝޮޕްގެ ފަރާތުންނެވެ. އަށާރަހާސް ރުފިޔާގެ އަގުހުރި މިސައިކަލާއެކު ޗެމްޕިއަންޓީމަށް 8000ރ ގެ ފައިސާގެ އިނާމެއް އުފާއިން ދޭނެއެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރއވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

މިލިޔުމަށް ޙިޔާލު ފާޅުކުރައްވާ

މިލިޔުމަށް ޙިޔާލުފާޅުކުރައްވާ ފުރަތަމަ ފަރާތަށް ވެލައްވާ!


 
Close