ޙަބަރުކުޅިވަރު

ވެސްޓް ބީޗް އުފާ މަސްރޭސް 1439 ގެ ފައިނަލް

ވެސްޓް ބީޗް އުފާ މަސްރޭހުގެ ފައިނަލް ބުރުގެ ލައިވް އަޕްޑޭޓާށް މަރުހަބާ. މި މުބަރަކީ މި މުބާރާތް ކާމިޔާބު ކުރާނެ ޓީމެއް ކަށަވަރުވެގެން ދާނެ ބުރު.

މުބާރާތުގެ ކުރިން ބާއްވާފައިވާ 2 ބުރުގެ ޖުމްލައަށް ބަލާ އިރު 230.2 ކިލޯ މަސް ބާނައިގެން 1 ވަނާގައި ވެސްޓް ބީޗް އުޅޭ އިރު 115.9 ކިލޯ ބާނާގެން 2 ވަނާގައި އުޅެނީ ބެސްޓް ޕްރައިޒްއެވެ. 83.9 ކިލޯ ބާނައިގެން 3 ވަނާގައި އުޅެނީ ޓީމް 2 ލަކި ޗޫސްއެވެ. 76.4 ކިލޯ މަސް ބާނައިގެން ޓީމް ރޮދި މުބާރާތުގެ 4 ވަނާގައި އުޅޭ އިރު ރަވަ ޓީމް އުޅެނީ 33.4 ކިލޯގެ މަސް ބާނައިގެން 5 ވަނާގައެވެ.

މުބާރާތުގެ ފަހު ބުރު އަދި ފައިނަލް ބުރު މިއަދު އޮންނާނެއެވެ. ފައިނަލް ބުރުގައި ޓީމްތައ މަހަށް ފުރާނީ މިއަދު މެންދުރު 15:00 ގައެވެ.

ވެސްޓް ބީޗްއުފާ މަސްރޭސް 1439 ގެ އެއްވަނަ ޓީމަށް އިނާމެއްގެ ގޮތުގައިސައިކަލެއް ހުށައަޅައިފިއެވެ. އިނާމެއްގެ ގޮތުގައި ސައިކަލެއް ހުށައަޅާފައިވަނީ މި މުބާރާތުގެ ކޯ ސްޕޮންސާ ރާއްޖޭގެ މަޝްހޫރު ލޮޓަސްބައިކް ޝޮޕްގެ ފަރާތުންނެވެ. އަށާރަހާސް ރުފިޔާގެ އަގުހުރި މިސައިކަލާއެކު ޗެމްޕިއަންޓީމަށް 8000ރ ގެ ފައިސާގެ އިނާމެއް އުފާއިން ދޭނެއެވެ.

މި މުބާރާތުގެ މެއިން ސްޕޮންސާ އަކީ ވެސްޓް ބީޗް ރެސްޓޯރަންޓެވެ. އަދި ކޯ ސްޕޮންސަރުންނަކީ ލޮޓަސް ބައިކް ޝޮޕް، ދިރާގު އަދި އެލައިޑް އިންސޯރެންސެވެ. މި މުބާރާތުގެ ސައުންޑް އެންޑް ލައިޓިން ޕާޓްނާ އަކީ ފޮލޯމީ، ފެއިތުފުލް އަދި ގްރީން ވިލަރެސް އިންވެސްޓްމެންޓެވެ. މުބާރާތް އުނގޫފާޜު.ކޮމް ގެ ފޭސްބުކް ޕޭޖް މެދުވެރިކޮށް ލައިވްކުރުމަށް ހަމަޖެހިފައި ވާއިރު ފޭސްބުކް ލައިވް ސްޕޮންސާ ކޮއްފައި ވަނީ ވިލުބާނި ލޯންޗުންނެވެ.

މުނާޒު މުޙައްމަދު މުނާޒު މުޙައްމަދު 19 ޖޫން 201822:02

މުބާރާތުގެ 1 ވަނަ ދާ ޓީމަށް ލިބޭ އިނާމަކީ 8000ރ ގެ ފައިސާގެ އިނާމާއި ލިޓަސް ބައިކް ޝޮޕުން ހުށައަޅާފައިވާ 18000ރ ގެ އަގުހުރި ސައިކަލެއް.

މުނާޒު މުޙައްމަދު މުނާޒު މުޙައްމަދު 19 ޖޫން 201822:01

މުބާރާތުގެ ޖުމްލަ ނަތީޖާ. 1 ވަނަ ލިބިގައި މިވަނީ ވެސްްޓް ބީޗަށް. 2 ވަނަ ލިބިފައި މިވަނީ ބެސްޓް ޕްރައިޒް އަށް. 3 ވަނަ ލިބިފައި މިވަނީ ޓީމް 2 ލަކި ޗޫސްއަށް.

މުނާޒު މުޙައްމަދު މުނާޒު މުޙައްމަދު 19 ޖޫން 201821:58

މުބާރާތުގެ ޖުމްލަ ނަތީޖާ ދައްކާ ގޮތުން މަސްރޭހުގެ ފަހުރުވެރި 1 ވަނަ ލިބިފައި މި ވަނީ ޓީމް ވެސްޓް ބީޗަށް.

މުނާޒު މުޙައްމަދު މުނާޒު މުޙައްމަދު 19 ޖޫން 201821:57

ޓީމް 2 ލަކި ޗޫސް މިރޭ ބާނާފައި މި ވަނީ 51.8 ކިލޯގެ މަސް. 3 ރޭގެ މަތިން 2 ލަކި ޗޫސް ޖުމްްލަ ބާނާފައި ވަނީ 135.7 ކިލޯގެ މަސް

މުނާޒު މުޙައްމަދު މުނާޒު މުޙައްމަދު 19 ޖޫން 201821:55

ޓީމް 2 ލަކި ޗޫސް ގެ މަސް މިހާރު ކިރުމުގެ މަސައްކަތް ކުރިއަށް ދަނީ.

މުނާޒު މުޙައްމަދު މުނާޒު މުޙައްމަދު 19 ޖޫން 201821:55

މިހާރު މަސް ނުކިރާ ބާކީ މިއުޅެނީ ޓީމް 2 ލަކި ޗޫސް. މިހާރުގެ ނަތީޖާ ދައްކާ ގޮތުން 1 ވަނާގައި މިއުޅެނީ ވެސްޓް ބީޗް. އަދި 2 ވަނާގައި މިއުޅެނީ ބެސްޓް ޕްރައިޒް.

މުނާޒު މުޙައްމަދު މުނާޒު މުޙައްމަދު 19 ޖޫން 201821:53

ބެސްޓް ޕްރައިޒް މިރޭ ބާނާފައި ވަނީ 22.5 ކިލޯގެ މަސް. ބެސްޓް ޕްރައިޒްގެ މުބާރާތުގެ ޖުމްލަ އަކީ 138.4 ކިލޯ

މުނާޒު މުޙައްމަދު މުނާޒު މުޙައްމަދު 19 ޖޫން 201821:51

ޓީމް ބެސްޓް ޕްރައިޒް މިހާރު މަހުން ލަފައިފި

މުނާޒު މުޙައްމަދު މުނާޒު މުޙައްމަދު 19 ޖޫން 201821:50

ޓީމް ރޮދި މިރޭ ބާނާފައި ވަނީ 48.6 ކިލޯ މަސް. ރޮދި ޓީމްގެ މި މުބާރާތުގެ ޖުމްލަ އަކީ 125 ކިލޯ.

މުނާޒު މުޙައްމަދު މުނާޒު މުޙައްމަދު 19 ޖޫން 201821:46

ޓީމް ވެސްޓް ބީޗް މިރޭ ބާނާފައި ވަނީ 19.6 ކިލޯގެ މަސް. ޓީމް ވެސްޓް ބީޗް މުބާރާތުގެ ޖުމްލަ އަކީ 249.8 ކިލޯ

މުނާޒު މުޙައްމަދު މުނާޒު މުޙައްމަދު 19 ޖޫން 201821:44

ޓީމް ރަވަ މިރޭ ބާޏާފައި ވަނީ 35،2 ކިލޯގެ މަސް. މުބާރާތުގެ ޖުމްލަ އަކީ 68.6 ކިލޯގެ މަސް

މުނާޒު މުޙައްމަދު މުނާޒު މުޙައްމަދު 19 ޖޫން 201821:43

މުނާޒު މުޙައްމަދު މުނާޒު މުޙައްމަދު 19 ޖޫން 201821:41

ޓީމް ރަވަ އަދި ބެސްޓް ޕްރައިޒް ވެސް މިހާރު މަހުން ލަފައިފި

މުނާޒު މުޙައްމަދު މުނާޒު މުޙައްމަދު 19 ޖޫން 201821:33

ޓީމް ވެސްޓް ބީޗް އުނގޫފާރަށް ލަފައިފި

މުނާޒު މުޙައްމަދު މުނާޒު މުޙައްމަދު 19 ޖޫން 201821:32

ޓީމް ވެސްޓް ބީޗް މިހާރު މަހުން ލަފައިފި.

މުނާޒު މުޙައްމަދު މުނާޒު މުޙައްމަދު 19 ޖޫން 201821:31

ޓީމް ވެސްޓް ބީޗުން މަޢުލޫމާތުދޭ ގޮތުގައި އެ ޓީމުން ވަނީ ރަށާ ދިމާއަށް މިސްރާބު ޖަހަފައި.

މުނާޒު މުޙައްމަދު މުނާޒު މުޙައްމަދު 19 ޖޫން 201821:29

މިހާރު ތައްޔާރުވަމުން މި ދަނީ މަހުން ލަފާ ޓީމްތަކުން ބާނާ މަސް ކިރުމަށް. އަދި އެއްވެސް ޓީމެއް މަހުން ލަފާފައެއް ނުވޭ. މިރޭގެ ނަތީޖާ އަކު މުބާރާތް ކާމިޔާބު ކުރާ ޓީމެއް އެނގިގެން ދާނެ.

މުނާޒު މުޙައްމަދު މުނާޒު މުޙައްމަދު 19 ޖޫން 201820:45

ޓިމްތައް މަހުން ލެފުމަށް ހަމަޖެހިފައި ވަނީ މިރޭ 22:00 ގެ ކުރިން.

މުނާޒު މުޙައްމަދު މުނާޒު މުޙައްމަދު 19 ޖޫން 201815:51

މަހަށް ފުރުމުގެ ކުރިން ޓީމްތަކުގެ ކެޔޮޅުން ފޮޓޯއަކަށް ހުއްޓިލައިގެން

މުނާޒު މުޙައްމަދު މުނާޒު މުޙައްމަދު 19 ޖޫން 201815:38

މިއަދު ޓީމްތައް މަހަށް ފުރުން

މުނާޒު މުޙައްމަދު މުނާޒު މުޙައްމަދު 19 ޖޫން 201815:38

މިއަދު ޓީމްތައް މަހަށް ފުރުން

މުނާޒު މުޙައްމަދު މުނާޒު މުޙައްމަދު 19 ޖޫން 201815:37

މިއަދު ޓީމްތައް މަހަށް ފުރުން

މުނާޒު މުޙައްމަދު މުނާޒު މުޙައްމަދު 19 ޖޫން 201815:37

މިއަދު ޓީމްތައް މަހަށް ފުރުން

މުނާޒު މުޙައްމަދު މުނާޒު މުޙައްމަދު 19 ޖޫން 201815:14

ޓިމްތައް މަހަށް ފުރުމުގެ ކުރިން ގިފްޓް ޕެކް ހަވާލް ކުރުން

މުނާޒު މުޙައްމަދު މުނާޒު މުޙައްމަދު 19 ޖޫން 201815:12

މަހަށް ފުރުމުގެ ކުރިން ޓީމްތަކަށް ވަނީ އުފާއިން ހާއްސަ ގިފްޓް ޕެކެއް ހަވާލުކޮށްފަ

މުނާޒު މުޙައްމަދު މުނާޒު މުޙައްމަދު 19 ޖޫން 201815:12

ވެސްޓް ބީޗް އުފާ މަސްރޭހުގެ ފައިނަލްގައި ވާދަކުރުމަށް މުބާރާތުގައި ހިމެނޭ 5 ޓީމް މިހާރު މި ވަނީ މަހަށް ފުރާފަ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރއވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

Leave a Reply

1 Comment on "ވެސްޓް ބީޗް އުފާ މަސްރޭސް 1439 ގެ ފައިނަލް"


Guest
އަބުސީ
4 months 27 days ago

ކޮބާ ދީނީސުވާލުމުބާރާތުގެ ނަތީޖާ މިމުބާރާތްމަތިން ހަދާންނައްޓާލައި ހަމައެކަނި މަސްރޭހައި ވެގެން ތިޔައުޅެވެނީ

 
Close