ޙަބަރުރ.އަތޮޅުވިޔަފާރި

ރ. އަތޮޅު ކައުންސިލުގެ ފަރާތުން ތައުލީމީ ފުރުސަތު ތަކެއް ހުޅުވާލައިފި

ރ އަތޮޅު ކައުންސިލް

ރ އަތޮޅު ކައުންސިލާއި އަދާރަން ސެލެކްޓް މީދުއްޕަރު ރިސޯޓާއި ގުޅިގެން ޓޫރިޒަމް ދާއިރާއަށް ބޭނުންވާ ތަފާތު ދާއިރާތަކުން ސެޓްފިކެޓް ލެވެލް 3 ގެ ކޯސްތަކެއް ހިންގުމަށް ހަމަޖައްސާ އެކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ރ އަތޮޅުގެ ފަރާތްތަކަށް ހުޅުވާލައިފިއެވެ. މިކަމަށްއެދި އެކައުންސިލުން ކޮށްފައިވާ އިއުލާނުގައ ބުނެފައިވަ ގޮތުން މިކޯހުގެ ބައިވެރިންނަށް ކޯހުގެ މުއްދަތުގެތެރޭގައި މަހަކު އެއްހާސް ރުފިޔާގެ އެކެވަންސެއްވެސް ދިނުމަށްވަނީ ހަމަޖެހިފައެވެ.

ރ އަތޮޅު ކައުންސިލާއި އަދާރަން ގުޅިގެން ހިންގުމަށް ހަމަޖެހިފައިވާ ކޯސްތަކަކީ:

  • ފުޑް ޕްރެޕަރޭޝަންސް
  • ފުޑް އެންޑް ބެވަރޭޖް ސަރވިސް ޕާސަނަލް
  • ޕޭސްޓްރީ އެންޑް ބޭކަރީ ސެފް
  • ފްރަންޓް އޮފީސް
  • ހައުސް ކީޕިންގ
  • މެރިން މެކޭނިކްސް
  • އިލެކްޓްރިޝަންސް
  • ޕްލަމްބަރިންގ
  • ރެފްރިޖަރޭޝަން އެންޑް އެއަރކޮންޑިޝަނިންގ

މިކޯސްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އަދާރަން ސެލެކްޓް މީދުއްޕަރު ރިސޯޓާއި އަދާރަން ސެލެކްޓް ހުދުރަންފުށީގައެވެ. 1 އޮގަސްޓް 2018 ގައި ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކުހެ މުއްދަތަކީ 3 މަސް ދުވަހެވެ. މިކޯސްތަކަށް ކުރިމަތި ލުމުގެ އެއްމެ ދައް ޝަރުތަކީ ގްރޭޑް 7 ނިންމާފައިވުމެވެ.

ކޯހުގައި ބައިވެރި ވުމަށް އެދޭ ފަރާތްތަކުން ފޯމު ހުށައެޅުމުގެ ސުންގަޑި އަކީ 19 ޖުލައި 2018 އެވެ. ފޯމުހުށައަޅަން ޖެހޭނީ ރ އަތޮޅު ކައުންސިލްގެ އިދާރާއަށެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

މިލިޔުމަށް ޙިޔާލު ފާޅުކުރައްވާ

މިލިޔުމަށް ޙިޔާލުފާޅުކުރައްވާ ފުރަތަމަ ފަރާތަށް ވެލައްވާ!


 
Close