ޙަބަރުވިޔަފާރި

ޓީމް ވެސްޓް ބީޗުން ސައިކަލް ނީލަންކިޔަނީ

އުފާ މަސްރޭސް 1439

ވެސްޓްބީޗް އުފާ މަސްރޭހުގެ ޗެމްޕިއަން ޓީމަށް މިރޭ ހަވާލުކުރާ ސައިކަލް ނީލަންކިޔަން އެޓީމުން ނިންމައިފިއެވެ.

ޓީމް ވެސްޓްބީޗް ގެފަރާތުން އިސްމާއީލް ނާފިޒް އިއްސޭ ބުނީ ލޮޓަސްބައިކް ޝޮޕްގެ ފަރާތުން ހުށައަޅާފައިވާ އަށާރަހާސް ރުފިޔާގެ އަގުހުރި ސައިކަލް ނީލަން ކިޔަން ނިންމީ ޓީމުގެ ހުރިހައި އެންމެންވެސް އެގޮތައް އެއްބަސްވާތީ ކަމަށެވެ. އަދި ވަރަށް ގިނަފަރާތްތަކަކުން މިހާރުވެސް ތިބީ ގަންނަން ބޭނުންވެގެން ކަމަށެވެ.

މިރޭގެ އިނާމު ދިނުމުގެ ހަފްލާގެ އެންމެ ފަހު އައިޓަމަކަށް އޮންނާނީ މިސައިކަލް ނީލަން ކިޔުންކަމަށް ވުމާއެކު މިކަމަށް ޝައުގުވެރިވާ ހުރިހައި ފަރާތްތަކުން މިރޭ އެތަނަށް ހާޒިރުވުމަށް އެޓީމުން ވަރަށްބޮޑަށް އެދިލައްވައެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

Leave a Reply

Be the First to Comment!


 
Close