ޙަބަރުކުޅިވަރުވިޔަފާރި

އުފާ މަސްރޭސް ޑިސެމްބަރުގައި ބާއްވަނީ

އުފާ މަސްރޭސް 1439

އުނގޫފާރު ފޯސްޓަރިން އެވެއަރނަސް އެސޯސިއޭޝަން އުފާ އިން ބާއްވަމުން އަންނަ  އުފާ މަސްރޭސް ދެން ބާއްވާނީ ޑިސެމްބަރ ގައި ކަމަށް އިއުލާނު ކޮށްފިއެވެ. އުފާ އިން މިކަން އިއުލާނުކޮށްފައިވަނީ “ވެސްޓް ބީޗް އުފާ މަސްރޭސް 1439” އަދި “ފޮލޯމީ އުފާ ރޯދަ ކްއިޒް 1439” ގެ ނަތީޖާ އިއުލާނުކޮށް އިނާމް ދިނުމަށް ބޭއްވި ހަފްލާގައެވެ.

އުނގޫފާރު ސްޓޭޖް ގައި ހުކުރު ދުވަހުގެރޭ ބޭއްވި ހަފްލާގައި މިކަން އިއުލާނު ކޮށްދެއްވީ އުފާގެ ރައީސް އަލްފާޟިލް އިބްރާހީމް ޒަޔާންއެވެ. އުނގޫފާރު ޑޮޓްކޮމް އަށް މައުލޫމާތު ދެއްވަމުން ޒަޔާން ވިދާޅުވީ މިގޮތަށް މިބަދަލުގެނައީ އުފާގެ މެމްބަރުންގެ މެދުގައި މިކަމަށް ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވިގެން ކަމަށެވެ. އަދި މުބާރާތުގައި މިހާތަނަށް ބައިވެރި ވަމުންއައި ޓީމުތަކާއި މިކަމަށް އެއްބާރުލުންދީ އެހީތެރިކަންދޭ ފަރާތްތަކުން ވެސް ޑިސެމްބަރ ނުވަތަ އިރުވައި މޫސުމުގައި މަސްރޭސް ބޭއްވުމަށް އެދެމުން ދާތީކަމަށެވެ.

އުފާ މަސްރޭސް ފުރަތަމަ ދެއަހަރު ބާއްވާފައިވަނީ ރޯދަމަހުގެ ތެރޭގައެވެ. ޖެހިގެން އައި ދެއަހަރު މަސްރޭސް ބާއްވާފައިވަނީ ހަރޯދަ ތެރޭގައެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރއވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

މިލިޔުމަށް ޙިޔާލު ފާޅުކުރައްވާ

މިލިޔުމަށް ޙިޔާލުފާޅުކުރައްވާ ފުރަތަމަ ފަރާތަށް ވެލައްވާ!


 
Close