ޙަބަރުރ.އަތޮޅުކުޅިވަރު

ސައިފް ގޯލްޑެން ޖުބިލީ ފުޓުބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި – ޗެމްޕިއަން ޓީމަށް ތިރީސް ހާސް ރުފިޔާ

ޖަމްއިއްޔަތުއް ސައިފް

ޖައިމްއިއްޔަތުއް ސައިފްގެ ރަންޔޫބިލް އާއި ގުޅުވައިގެން ބާއްވަމުން އަންނަ ސައިފް ގޯލްޑަން ޖުބިލީ ފުޓުބޯޅަ މުބާރާތުގައި ބައިވެރި ވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މުބާރާތުގައި ބައިވެރިވާން އެދޭ ފޯމު 5 ޖުލައި 2018 އިން ފެށިގެން ޖަމްއިއްޔަތުއް ސައިފް އިން ދޫކުރާނެއެވެ. އަދި  މުބާރާތުގައި ބައިވެރި ވުމުގެ އެންމެ ފަހުތާރީހަކީ 15 ޖުލައި 2018 ވާ އާދީއްތަ ދުވަހުގެރޭ 2300 އެވެ.

އުނގޫފާރު ޑޮޓް ކޮމް އަށް މައުލޫމާތު ދެއްވަމުން ޖަމްއިއްޔަތުއް ސައިފްގެ ރައީސް އަލްފާޟިލް އަހުމަދު ނިޔާޒު ވިދާޅުވީ ޗެމްޕިއަން ޓީމަށް ތީރީސްހާސް ރުފިޔާ އަދި ރަނަރަޕް ޓީމަށް ދިހަހާސް ރުފިޔާ ހުށައަޅާފައިވާ މިމުބާރާތް ހުޅުވާލެވިފައި މިވަނީ އުނގޫފާރު ދާއިރާގެ ހުޅުދުއްފާރު، މާކުރަތު އަދި އުނގޫފާރުގެ ޓީމުތަކަށް ކަމަށެވެ.

މިމުބާރާތަކީ ސައިފުން ބާއްވާ ސައިފް ގޯލްޑަން ޖުބިލީ 6 ވަނަ ފުޓުބޯޅަ މުބާރާތެވެ. މިމުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ޓީމަކީ އުނގޫފާރުގެ ޑަބަލް އެލްއެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

މިލިޔުމަށް ޙިޔާލު ފާޅުކުރައްވާ

މިލިޔުމަށް ޙިޔާލުފާޅުކުރައްވާ ފުރަތަމަ ފަރާތަށް ވެލައްވާ!


 
Close