ޙަބަރުވިޔަފާރި

ރައްޔިތުންގެ ވިޔަފާރިއަށް ތެޔޮގަތުމުގައި ކޮރަޕްޝަންގެ އަމަލެއް ނެތް

އުނގޫފާރު ރައްޔިތުންގެ ވިޔަފާރި

އުނގޫފާރު ރައްޔިތުންގެ ވިޔަފާރިއަށް ބޭނުންވާ ޑީސަލް އަދި ޕެޓްރޯލް ގަތުމުގައި ވަކިފަރާތަކަށް މަންފާ ހޯދައިދޭ ކަމަށްބުނެ އެކަން ބަލައިދިނުމަށް އެދި އަމިއްލަ ފަރާތަކުން ހުށައަޅާފައިވާ މައްސަލަ ބެލުމަށްފަހު ތެޔޮ ގަތުމުގައި ހުށައަޅާފައިވާ އެފަދަ މައްސަލައެއް ނެތްކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން އޭސީސީ އިން ބުނެފިއެވެ.

އުނގޫފާރު ޑޮޓްކޮމް އަށް މައުލޫމާތު ދެއްވަމުން އުނގޫފާރު ރައްޔިތުންގެ ވިޔަފާރީގެ މެނޭޖަރު އަލްފާޟިލް އިބްރާހީމް ޒަޔާން ވިދާޅުވީ އުނގޫފާރު ރައްޔިތުންގެ ވިޔަފާރިން ކުރާ އެއްވެސް މުއާމަލާތެއްގައި ވަކިފަރާތަކަށް ނާޖާއިޒު މަންފާއެއް ހޯދޭނެ އެއްވެސް ކަމެއް ހިނގާފައި ނުވާނެ ކަމަށެވެ. އަދި ހުށައެޅި މައްސަލައިގައި ފާހަގަ ކޮށްފައިވާ ޔޫއެޗްއެލް ޓްރޭޑުން ތެޔޮގަތުމުގައި ވެސް އަމަލުކޮށްފައިވަނީ އެހެން ސަޕްލަޔަރުން އަތުންވެސް ތެޔޮގަތުމުގައި ކަންކުރަމުން އައިސްފައިވާ އުސޫލުން ކަމަށެވެ.

“އޭސީސީން އެބައޮތް އަޅުގަނޑުމެންނަށް ލިޔުމުން ޖަވާބު ދެއްވާފަ، އޭގައި އެބަހުރި އަޅުގަނޑުމެންގެ އިދާރީ ގޮތުންހުރި ބައެއް ކަންކަން ފާހަގަކޮށް އެކަންކަން ރަނގަޅު ކުރުމަށް އަންގާފަ، އަޅުގަނޑުމެން މިދަނީ އިދާރީ ކަންކަން ހަރުދަނާ ކޮށް ރަގަނޅު ކުރުމަށް އަބަދުވެސް މަސައްކަތްކުރަމުން، މިގޮތުން މިހާތަނަށް ވަރަށްގިނަ މަސައްކަތް އަޅުގަނޑުމެން ވާނީ ކޮށްފައި”

ޔޫއެޗްއެލް ޓްރޭޑް އަކީ ރ އުނގޫފާރު މަލާޒް ހުސައިން ފަހުމީގެ ނަމުގައި ރެޖިސްޓްރީ ކޮށް ހިންގަމުން އަންނަ ވިޔަފާރިއެކެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

Leave a Reply

1 Comment on "ރައްޔިތުންގެ ވިޔަފާރިއަށް ތެޔޮގަތުމުގައި ކޮރަޕްޝަންގެ އަމަލެއް ނެތް"


Guest
Reema
4 months 6 days ago

ekakuves correpteh nuvey… ekam thiya fihaarayaa havaaluvaa meehaku vany mahujanakah… naasiru bunaagothun degree hadhaigen annameehunnakah thi rahyyithunge fihaara balahahtakah neynge.nukiyavaa thibey meehunnah thikan kureveny

 
Close