ކުޅިވަރު

ސައިފް ގޯލްޑެން ޖުބިލީ ފުޓްބޯޅަ މުބާރާތުގެ ގުރުއަތުލުން މާދަމާރޭ

އުނގޫފާރު ޖަމިއްޔަތުއް ސައިފްގެ ރަންޔޫބިލްއާ ގުޅުވައިގެން އެ ޖަމިއްޔާއިން ބައްވަމުން އަންނަ ފުޓްބޯޅަ މުބާރާތުގެ މި އަހަރުގެ މުބާރާތުގެ ގުރުއަތުލުން މާދަމާރޭ ބާއްވާގޮތަށް ހަމަޖެހިއްޖެއެވެ.

ޖުމްލަ 6 ޓީމް ބައިވެރިވެފައިވާ މި މުބާރާތުގެ ގުރުއަތުލުން އޮންނާނީ މާދަމާރޭ 8:30 ގައި ޖަމިއްޔަތުއް ސައިފުގެ މަރުކަޒުގައެވެ. އުނގޫފާރު ދާއިރާގައި ހިމެނޭ 3 ރަށް ކަމުގައިވާ އުނގޫފާރު، ހުޅުދުއްފާރު އަދި މާކުރަތުގެ ޓީމްތަކަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލި މި މުބާރާތުގައި ބައިވެރިވެފައި ވަނީ މުބާރާތުގެ އެންމެ ފަހުގެ ޗެންޕިއަން  ދަ ޑަބަލް އެލްގެ އިތުރުން ތިޔަމުސް އެކްސް ސްޕޯޓްސް، ޔަންގް ސްޓަރ، ވައިނޮޓް ސްޕޯޓްސް، އެފްސީ އޯކޭ އަދި މާކުރަތު އެފްޓީއެވެ.

މިމުބާރާތަކީ ސައިފުން ބާއްވާ ސައިފް ގޯލްޑަން ޖުބިލީ 6 ވަނަ ފުޓުބޯޅަ މުބާރާތެވެ. ޖަމިއްޔަތުއް ސައިފުން މަޢުލޫމާތު ދިން ގޮތުގައި މި މުބާރާތުގެ ޗެންޕިއަން ޓީމަށް މިފަހަރު 30000ރ ގެ ފައިސާގެ އިނާމެއް ހުށައަޅާފައިވެއެވެ. އަދި ރަނަރަފް ޓީމަށް 10000ރ ގެ ފައިސާގެ އިނާމެއް ހުށައަޅާފައިވެއެވެ.

މި މުބާރާތުގެ އޮފިސިއަލް މީޑިއާ ޕާޓްނަރަކީ އުނގޫފާރު.ކޮމް އެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރއވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

Leave a Reply

Be the First to Comment!


 
Close