ޙަބަރުކުޅިވަރުގޯލްޑެން ޖުބުލީ

ސައިފް ގޯލްޑަން ޖުބުލީ ފުޓުބޯޅަ މުބާރާތުގެ އޮފިޝަލް އޮންލައިން މީޑިއާ ޕާޓްނަރަކަށް އުނގޫފާރު ޑޮޓްކޮމް

ސައިފް ގޯލްޑަން ޖުބުލީ ފުޓުބޯޅަ މުބާރާތް 2018

ޖަމްއިއްޔަތުއް ސައިފް ގެ ރަންޔޫބީލްގެ މުނާސަބަތާއި ގުޅުވައިގެން ކުރިއަށްގެންދާ ސައިފް ގޯލްޑަން ޖުބުލީ 6 ވަނަ ފުޓްބޯޅަ މުބާރާތުގެ އޮފިޝަލް އޮންލައިން މީޑިއާ ޕާޓްނަރަކަށް އުނގޫފާރު ޑޮޓްކޮމް ހަމަޖެހިއްޖެއެވެ.

މިކަމުގެ އެއްބަސްވުމުގައި ދެފަރާތުން ސޮއިކުރުން އޮތީ 20 ޖުލައި 2018 ވީ ހުކުރު ދުވަހުގެރޭ ޖަމްއިއްޔަތުއްސައިފްގެ އިދާރީ މަރުކަޒުގައި ބޭއްވި ގުރުއަތުލުމުގެ ރަސްމިއްޔާތުގައެވެ.

މިރަސްމިއްޔާތުގައި ޖަމްއިއްޔަތުއްސައިފްގެ ފަރާތުން ސޮއިކުރެއްވީ ޖަމްއިއްޔަތުއްސައިފްގެ ކުޅިވަރު ސެކެއްޓަރީ އުޒައިރު ހަސަންއެވެ. އުނގޫފާރު ޑޮޓްކޮމްގެ ފަރާތުން ސޮއިކުރެއްވީ އުފާގެ ނައިބްރައީސް ހަސަން ފަޒީލްއެވެ.

މިއެއްބަސްވުމުގައި ފާހަގަ ކޮށްފައިވާ މުހިއްމު ބައެއްކަންކަމަށް ބަލާއިރު މުބާރާތުގެ ސެމީފައިނަލް ދެމެޗާއި ފައިނަލްމެޗު އުނގޫފާރު ޑޮޓްކޮމްގެ ފޭސްބްކު ޕޭޖުން ލައިވް ކުރާނެއެވެ. އަދި މުބާރާތުގެ ގްރޫޕް ސްޓޭޖްގެ 6 މެޗުގެ ވީޑިއޯ ހައިލައިޓްސް އުނގޫފާރު ޑޮޓްކޮމް ގެ ފޭސްބްކް ޕޭޖުން ގެނެސްދޭނެއެވެ. އަދި މިހަމެޗުގެ ލައިވް ކަވަރޭޖް އުނގޫފާރު ޑޮޓްކޮމް އިން ގެނެސްދޭނެއެވެ.

މިމުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ 27 ޖުލައި 2018 ވާ ހުކުރު ދުވަހު ހަވީރުއެވެ. މުބާރާތުގެ މުބާރާތުގެ ސެމީފައިނަލް ދެމެޗު އޮގަސްޓް 2 އަދި 3 ވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާއިރު ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ 5 އޮގަސްޓް 2018 ވާ އާދީއްތަ ދުވަހު އެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

މިލިޔުމަށް ޙިޔާލު ފާޅުކުރައްވާ

މިލިޔުމަށް ޙިޔާލުފާޅުކުރައްވާ ފުރަތަމަ ފަރާތަށް ވެލައްވާ!


 
Close