ޙަބަރުރަށު ފުޓުބޯޅަކުޅިވަރުގޯލްޑެން ޖުބުލީ

ޔަންގް ސްޓަރ ފުރިހަމައަށް ތައްޔާރު

ސައިފް ގޯލްޑަން ޖުބުލީ ފުޓުބޯޅަ މުބާރާތް 2018

ސައިފް ގޯލްޑަން ޖުބުލީ ފުޓުބޯޅަ މުބާރާތުގެ ފުރަތަމަ މެޗަށް މިއަދު ނިކުންނައިރު ޔަންގް ސްޓަރ އޮތި ފުރިހަމައަށް ތައްޔާރުވެފައެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި ޔަންގް ސްޓަރ މިއަދު ނިކުންނާނީ އެފްސީ އޯކޭ އާއި ދެކޮޅަށެވެ.

ޔަންގް ސްޓަރގެ މާޒީއަށް ބަލާލާއިރު ޔަންގް ސްޓަރ އަކީ 1995 އަހަރު އުފެދުނު ޓީމެކެވެ. ޓީމު އުފެއްދުމުގައި އެއްމެއިސްކޮން އުޅުއްވީ އިބްރާހީމް އާސިފް އަންދަލީބުގެ ރ. އުނގޫފާރުއެވެ. ދިގު ތާރީޚެއްއޮތް ޔަންގް ސްޓަރ މިހާރުމިފެންނަ ޔަންގް ސްޓަރގެ ގޮތުގައި ނިކުމެ މުބާރާތްތަކުގައި ވާދަކުރަން ފެށީ މިހާރުގެ މެނޭޖަރ ރ އުނގޫފާރު އާބިން މުހައްމަދު ޝަރީފުގެ މެނޭޖަރު ކަމުގެ ދަށުން 2005 ވަނަ އަހަރުން ފެށިގެންނެވެ.

މުހައްމަދު ޝަރީފުގެ މެނޭޖަރުކަމުގެ ދަށުން ޔަންގް ސްޓަރ އުނގޫފާރުގައި ބާއްވަމުންދާ ހުރިހައި މުބާރާތެއްގައި އަންނަނީ ވާދަކުރަމުންނެވެ. މިގޮތުން ޔަންގް ސްޓަރ ހޯދާފައިވާ ކާމިޔާބީތަކަށް ބަލާއިރު ސައިފް ގޯލްޑަން ޖުބުލީ 4 ވަނަ މުބާރާތުގެ ޗެމްޕިއަން ކަމާއި 2 ވަނަ މުބާރާތުގެ ރަނަރަޕް ކަމާއި 3 ވަނަ މުބާރާތުގެ ފެއަޕްލޭ މަޤާމް ވަނީ ހޯދާފައެވެ. 2010 ވަނަ އަހަރު ބޭއްވުނު ޔޫތު ފުޓުސަލް މުބާރާތުގެ ފެއަޕްލޭ މަޤާމް އަދި 2018 ވަނަ އަހަރު ބޭއްވުނު ޕޮލިސް ޔޫތު ފުޓްސަލް ކަޕްގެ ރަނަރަޕްކަން ހޯދީވެސް ޔަންގް ސްޓަރއެވެ.

ޔަންގް ސްޓަރ އަށް މިހާތަނަށް ހޯދި އެއްމެ ބޮޑު ކާމިޔާބީއަކީ ސައިފް ގޯލްޑަން ޖުބުލީ 4 ވަނަ މުބާރާތުގެ ޗެމްޕިއަން އަދި  2014 އަދި 2015 ވަނަ އަހަރު ބޭއްވުނު އުފާ ފްޓްސަލް މުބާރާތް ކާމިޔާބުކުރުމެވެ.

ސައިފް ގޯލްޑަން ޖުބުލީ މުބާރާތައް ޓީމުތައްޔާރު ވެފައިވާއިރު ޔަންގު ސްޓަރއިން ވަނީ ތަފާތު މޮޅު ކުޅުންތެރިންތަކެއް ޓީމަށް ގެނެސްފައެވެ. އެގޮތުން 2018 ވަނަ އަހަރު މިނިވަން ޗެމްޕިއަންޝިޕްގައި ފޯކައިދޫ ޓީމަށް ކުޅުނު ފޯވާޑް ފާރިޝް އާއި މީދޫ ޓިމުގެ ގޯލްކީޕަރ އަހުސަނުގެ އިތުރުން ވެލެންސިއާގައި މޮޅުކުޅުމެއްދެއްކި ހަސީބު ފާހަގަ ކޮއްލެވެއެވެ. އަދި މީގެ އިތުރުން ޓީމުވަރުގަދަ ކުރުމުގެ ގޮތުން ކުރިން ތިޔަމަސް އަށް ކުޅުނު ނާހިދު ވަނީ ޓީމަށް ގެނެސްފައެވެ. ޓީމަށް އިރުޝާދު ދިނުމަށް ޓީމުން ރަނގަޅު ފެންވަރެއްގެ ކޯޗެއް ހޯދުމުގެ މަސެއްކަތް ޔަންގް ސްޓަރއިން ކުރިއިރު އެކަންވަނީ ކާމިޔާބު ނެވެއެވެ.

ޓީމުގެ ކެޕްޓަން ޔާސީން އުނގޫފާރު ޑޮޓްކޮމްއާއި ވާހަކަ ދައްކަމުން ބުނީ ޓީމު އޮތީ ފުރިހަމައަށް ތައްޔާރުވެފައި ކަމަށާ، އެއްވެސް ކުޅުންތެރިއެއްގެ އަނިޔާގެ މައްސަލައެއް ނެތްކަމަށެވެ. އަދި ގުރޫޕް ސްޓޭޖްގެ 2 މެޗު ނަގައި ސެމީގައި ފެންނާނެ ކަމުގެ ފުރިހަމަ ޔަގީންކަން އޮތް ކަމުގައެވެ.

ތަރިންގެ މިޓީމުގައި އުނގޫފާރު އެފް ސީގެ 7 ކުޅުންތެރިން ހިމެނޭއިރު މިފަހަރުގެ މުބާރާތް ހޯދުން އެންމެ ގާތީ ޔަންގު ސްޓަރ ކަމަށް ގިނަބަޔަކު ދަނީ ބުނަމުންނެވެ. ޔަންގް ސްޓަރ އާއިއެކު ގުރޫޕް އޭ ގައި ދެންހިމެނެނީ މާކުރަތު އެފްޓީއެވެ.

 

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

Leave a Reply

1 Comment on "ޔަންގް ސްޓަރ ފުރިހަމައަށް ތައްޔާރު"


Guest
Leem
4 months 14 days ago

Ahusan eh noon keeper ahkiyany. Ahusaan

 
Close